ޕްރިޔަންކާ އާއި ނިކްގެ ކައިވެނީގެ ހަފްލާއަށް މެގަން މާކެލް ދާނެބާ!؟

މިދުވަސްވަރު އެންމެ ގަދަޔަށް ދެކެވޭ އެއް ވާހަކަ އަކީ ޕްރިޔަންކާ އާއި ނިކް ގެ ވާހަކަ އެވެ. ވާނީވެސް އެހެންތާ އެވެ. ބޮލީވުޑްގެ އެކްޓްރެސް ޕްރިޔަންކާ އާއި އެމެރިކާގެ ލަވަކިޔުންތެރިޔާ ނިކް މިވަނީ އެންގޭޖް...

23 Aug 2018 | 06:03

މިދުވަސްވަރު އެންމެ ގަދަޔަށް ދެކެވޭ އެއް ވާހަކަ އަކީ ޕްރިޔަންކާ އާއި ނިކް ގެ ވާހަކަ އެވެ. ވާނީވެސް އެހެންތާ އެވެ. ބޮލީވުޑްގެ އެކްޓްރެސް ޕްރިޔަންކާ އާއި އެމެރިކާގެ ލަވަކިޔުންތެރިޔާ ނިކް މިވަނީ އެންގޭޖްވެފަ އެވެ. އިންޑިޔާގައި އެންގޭޖްމެންޓް ބާއްވާ ބޮޑު ޕާޓީއެއް ޕްރިޔަންކާ އާއި ނިކް މިވަނީ ދީފައެވެ. ދެމީހުންގެ ފޭނުން ދުނިޔޭގެ ހުރިހާ ސަރަހައްދެއް ގައިވެސް ތިބޭނެކަން ގައިމެވެ. އެހެންކަމުން ދެ މީހުންގެ ކައިވެނި ކުރެވޭނެ ދުވަހަކާއި ކައިވެނީގެ ހަފްލާގައި ކުރިޔަށްދާނެ ކަންކަމާއި އެކަމަށް ދައުވަތު ދޭނެ މީހުން ބަލަން އެތައް ބަޔަކު ބޭނުން ވާނެތާ އެވެ. އެންމެ ފަހުގެ މީޑިޔާ ރިޕޯޓްތައް ބުނާގޮތުން ޕްރިޔަންކާ އާއި ނިކްގެ ކައިވެނީގެ ހަފްލާއަށް މެގަން މާކެލް ދާނެ އެވެ.

މެގަން އާއި ޕްރިންސް ހެރީގެ ރޯޔަލް ކައިވެނީގެ ހަފްލާއަށް ޕްރިޔަންކާއަށް ދައުވަތު ލިބި އެހަފްލާއަށް ޕްރިޔަންކާ ގޮސްފައިވާއިރު، ޕްރިޔަންކާ އާއި މެގަން އާއި ދެމެދު އޮތް ރަހުމަތްތެރިކަމުގެ ގުޅުން ކޮންމެ މީހަކަށްވެސް ވަޒަން ކުރެވޭނެތާ އެވެ. އެހެންކަމުން ޕްރިޔަންކާގެ ބީއެފްއެފް މެގަން މާކެލް ޕްރިޔަންކާގެ ކައިވެނީގެ ހަފްލާއަށް ނައުމަކީ ނުވެ ނުދާނެ ކަމެއްތާ އެވެ.

މީޑިޔާ ރިޕޯޓްތައް ބުނާގޮތުން ޕްރިޔަންކާ ޝޫޓްކުރުމަށް ހަމަޖެހިފައިވާ ފިލްމު " ދަ ސްކައި އިޒް ޕިންކް" ގެ ޝޫޓިންގ ނިމުމާއެކު ނޮވެމްބަރު މަހު ، ލޮސްއެންޖަލިސްގައި ޕްރިޔަންކާ އާއި ނިކް ކައިވެނި ކުރާނެ އެވެ. ޕްރިޔަންކާ އާއި ނިކްގެ ކައިވެންޏާމެދު މެގަން ހުރީ ވަރަށް އުފަލުންކަމަށާއި ކައިވެނީގެ ހަފްލާއަށް މެގަން އޭނާގެ ފިރިމާހާ ޕްރިންސް ހެރީ އާއެކު ދާނެކަމަށް ރިޕޯޓްތައް ބުނެ އެވެ.

ކޮންމެއަކަސް މިކައިވެނި ކުރެވެންދެން މިފަދަ ތަފާތު ޚަބަރުތައް އަންނާނެ އެވެ. މިކަމަށް ޖެހޭނީ އިންތިޒާރެއް ކޮށްލާ ށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް