ފިނޭންސް މިނިސްޓަރު ދ އަތޮޅަށް ވަޑައިގެން މަޝްރޫއުތައް ބައްލަވާލައްވަނީ

ފިނޭންސް މިނިސްޓަރު އަހްމަދު މުނައްވަރު ދ އަތޮޅުގެ ހަ ރަށަކަށް ވަޑައިގެން އެ ރަށްރަށުގައި ހިނގަންމުން އަންނަ ތަރައްގީގެ މަޝްރޫޢުތައް ބައްލަވާލައްވައިފިއެވެ. ދައުލަތުގެ މީޑީއާ، ޕީއެސްއެމްގައި ރިޕޯޓްކޮށ...

23 Aug 2018 | 04:57

ފިނޭންސް މިނިސްޓަރު އަހްމަދު މުނައްވަރު ދ އަތޮޅުގެ ހަ ރަށަކަށް ވަޑައިގެން އެ ރަށްރަށުގައި ހިނގަންމުން އަންނަ ތަރައްގީގެ މަޝްރޫޢުތައް ބައްލަވާލައްވައިފިއެވެ.

ދައުލަތުގެ މީޑީއާ، ޕީއެސްއެމްގައި ރިޕޯޓްކޮށްފައިވާގޮތުގައި ފިނޭންސް މިނިސްޓަރ އަޙުމަދު މުނައްވަރު ދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެ ރަށްރަށު ރައްޔިތުންނާ ބައްދަލުކުރައްވައި، ސަރުކާރުން ކުރިއަށްގެންދާ ތަރައްޤީޤެ މަޝްރޫޢުތައް ހިނގަމުންދާ ގޮތް ބައްލަވާލައްވާފައެވެ.

"މިދަތުރުފުޅުގައި ރައްޔިތުންނާ ބައްދަލުކުރައްވައި މިނިސްޓަރ ވަނީ ރައްޔިތުން ބޭނުންވާ ކަންކަން އޮޅުންފިލުއްވާފައެވެ. އަދި ސަރުކާރުގެފަރާތުން ރައްޔިތުންނަށް ކޮށްދެވިދާނެ ކަންތައްތަކަކީ ކޮބައިކަން ދެނެގަތުމަށްޓަކައި އެކި ޢުމުރުފުރާތަކުގެ ރައްޔިތުންނާ މިނިސްޓަރ ބައްދަލުކުރެއްވިއެވެ." ޕީއެސްއެމްގައި ރިޕޯޓްކޮށްފައިވެއެވެ.

ޕީއެސްއެމްގައި ބުނެފައިވާގޮތުގައި މިނިސްޓަރގެ މިދަތުރުފުޅުގައި، ދ. މާއެނބޫދޫ، ކުޑަހުވަދޫ، މީދޫ، ބަނޑިދޫ، ހުޅުދެލި، އަދި ރިނބިދޫއަށް ވަޑައިގެން ފައިވެއެވެ. މީގެ އިތުރުން މިނިސްޓަރ ވަނީ ދ. ބަނޑިދުއަށް ވިއްސަރައިގެ ލިބުނު ގެއްލުންތައްވެސް ބައްލަވާލައްވާފައެވެ. ފިނޭންސް މިނިސްޓަރ އަޙްމަދު މުނައްވަރު ދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިނިސްޓަރގެ އަރިހުގައި ޕީޕީއެމްގެ ސެކްޓްރީ ޖެނެރަލް ނިލަންދޫ ދާއިރާގެ މެންބަރު ޑރ. އަބްދުﷲ ޚަލީލްވެސް ބައިވެރިވެވަޑައިގަންނަވައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް