އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އިއްޔެ ޓްވިޓާގައި ޖެއްސެވި ސްޓެޓަސްއަކަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް ސުވާލެއް އުފައްދަވައިފިއެވެ.
ރާއްޖޭގެ ރަށްތައް ފެންނަ ފޮޓޯއަކާއެކު މިނިސްޓަރު ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވަނީ މިފަދަ 400 ރަށް އެމްޑީޕީގެ ވެރިކަމުގައި ވަނީ ބިޑް ކުރުމެއް ހަމައެއް އުސޫލެއްނެތި ޕާޓީގެ އެކްޓިވިސްޓުންނާ އާއިލީ މީހުންނަށް ބަހާލާފަ ކަމަށެވެ.
https://twitter.com/em_saeed/status/1032227741020475392
"ދައުލަތަށް އަނބުރާ އިބޫ ސޯލިހް ހޯދަން ޖެހޭ ފުރަތަމަ މުދަލަކީ މީ، ކެރޭނެބާ" މިނިސްޓަރުގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.
މިނިސްޓަރުގެ ޓްވީޓަށް ރައްދުދެއްވައި އެމްޕީ މަހްލޫފް ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވަނީ އޭރު ލިބުނު މައުލޫމާތަކަށް ބިނާކޮށް، އެމްޑީޕީ ސަރުކާރުން 300 ރަށް ދިންކަމަށް ބުނެ ޕްރެސްކޮންފަރެންސެއްގައި ވިދާޅުވީ އޭނާ ކަމަށެވެ.
"އެމްޑީޕީގެ ވެރިކަން ބަދަލު އޭރުގެ ޓުއަރިޒަމް މިނިސްޓަރު މަޖިލިސްގަ އެއީ ދޮގެއްކަމަށް ވިދާޅުވި، ދީފައި އޮތީ ހަތް ރަށް" މަހްލޫފްގެ ޓްވީޓްގައި އިތުރަށް ވިދާޅުވެފައިވެއެވެ.
https://twitter.com/AhmedMahloof/status/1032480032357142528
މަހްލޫފްގެ ޓްވީޓް ނިންމާލާފައިވަނީ މިނިސްޓަރަށް ސުވާލެއް ކުރިމަތިކުރުވަމުންނެވެ. "ތިއީ ހަގީގަތެއްނަމަ ފަސް އަހަރު ތެރޭ ތަހުގީގު ނުކުރީ ކީއްވެ؟" މަހްލޫފް ސުވާލު ކުރައްވާފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް