ސަލްމާން ޚާނަށް ކިނބިއްސެއް ލަނޑުދިން ވާހަކަ

ބޮލީވުޑް ތަރި ސަލްމާން ޚާން އަންނަނީ މިހާރުވެސް މަސައްކަތް ކުރަމުން އަންނަނީ ބުރަ ޝެޑިއުލެއްގައެވެ. އެއްކޮޅުން މަލްޓާގައި އޭނާގެ އައު ފިލްމު "ބާރަތު"ގެ ޝޫޓިން ކުރިއަށްދާއިރު ސޮނީގައި "10 ކާ ދަމް" ނަމަ...

23 Aug 2018 | 02:42

ބޮލީވުޑް ތަރި ސަލްމާން ޚާން އަންނަނީ މިހާރުވެސް މަސައްކަތް ކުރަމުން އަންނަނީ ބުރަ ޝެޑިއުލެއްގައެވެ.

އެއްކޮޅުން މަލްޓާގައި އޭނާގެ އައު ފިލްމު "ބާރަތު"ގެ ޝޫޓިން ކުރިއަށްދާއިރު ސޮނީގައި "10 ކާ ދަމް" ނަމަކަށް ކިޔާ ޝޯއެއް އަންނަނީ ހޯސްޓްކޮށްދެމުންނެވެ. އަދި "ބިގް ބޮސް 12"ގެ ޕްރޮމޯޝަންތައްވެސް އަންނަނީ ޝޫޓްކުރަމުންނެވެ.

"10 ކާ ދަމް"ގެ ޝޯއެއްގައި ސަލްމާން މިވަނީ ތަފާތު ވާހަކައެއް ހިއްސާކޮށްފައެވެ. އެއީ ކިނބިއްސެއް އޭނާއަށް ލަނޑުދިން ވާހަކައެވެ.

އެ ޝޯގައި ޝްރައްދާ ކަޕޫރާއި ރާޖްކުމާރު ރާއޯ ބައިވެރިވިއިރު އެ ދެ ތަރިން ބައިވެރިވީ އެ ދެތަރިން އެކުގައި ކުޅެފައިވާ، މި މަހުގެ 31ގައި ރިލީޒްކުރާ ފިލްމު "ސްޓްރީ" ޕްރޮމޯޓް ކުރުމަށެވެ.

އެ ޝޯ ހޯސްޓްކޮށްދެމުން ދެކެވުނު ވާހަކައެއް ސަލްމާން ބުނެފައިވަނީ އޭނާގެ ލޯބިވެރިޔާއާއެކު އެ ލޯބިވެރިޔާގެ ގޭގައި އުޅެނިކޮށް އެ ލޯބިވެރިޔާގެ ބައްޕަ ކުއްލިއަކަށް ގެއަށް އައުމުން ފިލަން އެ ލޯބިވެރިޔާގެ އަލަމާރިއަށް ވަންނަން ޖެހުނު ކަމަށެވެ.

އެ އަލަމާރީގައި ކޮންމެވެސް ވަރަކަށް ހިރަފުސް ހުރުމުގެ ސަބަބުން އަޑުގަދަ ކިނބިއްސެއް އެޅި އޭނާ އެދުވަހު ފަލީހަތްވިކަމަށް ބުނެފައިވެއެވެ.

އެއީ ކޮން ލޯބިވެރިއެއްތޯ އެހުމުން ސަލްމާން އެއްވެސް ޖަވާބެއް ނުދެއެވެ. ބަދަލުގައި ސަލްމާން ބުނީ އެ ލޯބިވެރިޔާގެ ބައްޕަ ރުޅި އައުމުގެ ބަދަލުގައި އޭނާއަށް ރުހުނު ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް