ސޮނާކްސީގެ ސަމަންތަރު ހެޔޮ ހަށިގަނޑުގެ ސިއްރު

ބޮލީވުޑް ފިލްމު އިންޑަސްޓްރީއަށް ސޮނާކްސީ ސިންހަ ނިކުމެ މަސައްކަތް ފަށައިގަތްއިރު އޭނާގެ ހަށިގަނޑު އެހާ ސަމަންތަރު ހެވެއްނޫނެވެ. ލޫޅާފައްޗެއް ނޫނެވެ. އޭނާގެ ބައެއް ފިލްމުތަކުގައި އޭނާގެ ބަނޑުގެ ހަންގަ...

23 Aug 2018 | 02:26

ބޮލީވުޑް ފިލްމު އިންޑަސްޓްރީއަށް ސޮނާކްސީ ސިންހަ ނިކުމެ މަސައްކަތް ފަށައިގަތްއިރު އޭނާގެ ހަށިގަނޑު އެހާ ސަމަންތަރު ހެވެއްނޫނެވެ. ލޫޅާފައްޗެއް ނޫނެވެ. އޭނާގެ ބައެއް ފިލްމުތަކުގައި އޭނާގެ ބަނޑުގެ ހަންގަނޑުގައި ވިކާލާ މަންޒަރު ފެންނާނެއެވެ.

ނަމަވެސް މިހާރު އޭނާގެ ހަށިގަނޑަށް މިވަނީ ބޮޑު ބަދަލެއް ގެނެސްފައެވެ.

ސޮނާކްސީގެ ހަށިގަނޑަށް ހެޔޮ ބަދަލެއް ގެނައުމުގައި އެންމެ އިސް ރޯލެއް ކުޅެނީ އޭނާގެ ޓްރެއިނަރު ނަމްރަތާ ޕުރޯހިތެވެ. ސޮނާކްސީ ބުނެފައިވާގޮތުގައި ހަށިގަނޑު އެއް މިނެއްގައި ބެހެއްޓުމުގެ މުހިންމުކަން ދަސްކޮށްދިނީ ނަމްރަތާއެވެ.

"ކޮންމެ ކަސްރަތެއް ކުރިޔަސް އެ ކަސްރަތެއް ދަމަހައްޓަން ވާނެކަން ނަމްރަތާ ބުނެދިން، ހިނގުން ކަމުގައިވިޔަސް އަދި ދުވުން ކަމުގައިވިޔަސް" ސޮނާކްޝީ ބުނެފައިވެއެވެ.

ސޮނާކްސީ ބުނެފައިވަނީ ހަށިގަނޑަށް ބަދަލުއައީ އޭނާގެ ކެއުންވެސް ވަކިގޮތަކަށް ބައްޓަންކޮށް ސިއްހަތަށް ރަނގަޅު ކާނާ ކާންފެށުމުންނެވެ.

ސޮނާކްސީގެ ޓްރެއިނަރު ނަމްރަތާ ބުނެފައިވަނީ ސޮނާކްސީއަށް ހާއްސަ ޑައިޓެއް ބުނެދީފައިވާނެކަމަށާއި ސޮނާކްސީގެ ކެއުން މިހާރު ބައްޓަންކުރަނީ އެ ޑައިޓުގެ މައްޗަށް ކަމަށެވެ.

ސޮނާކްސީ އާއި ނަމްރަތާ ބައްދަލުވީ މީގެ ހަ މަސް ކުރިންނެވެ. ނަމްރަތާ އާއި ބައްދަލުވުމުގެ ކުރިންވެސް ހިކެން ލައްކަ މަސައްކަތްކުރި ކަމަށާއި ނަމަވެސް އެކަންކަން ކާމިޔާބު ނުވި ކަމަށް ސޮނާކްސީ ބުނެފައިވެއެވެ. އަދި މިހާރު ފެންނަ ސޮނާކްސީގެ ސަމަންތަރު ހެޔޮ ހަށިގަނޑުގެ ސިއްރަކީ ނަމްރަތާ ކަމުގައިވެސް ސޮނާކްސީ ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް