ބިޗުލެއް ކަށިޖަހައިގެން ބެންކޮކްގައި މީހަކު މަރުވެއްޖެ

ބިޗުލެއް ކަށިޖަހައިގެން ބެންކޮކްގައި އުމުރުން 69 އަހަރުގެ މީހަކު މަރުވެއްޖެއެވެ. ބެންކޮކްގެ ޗަންތަބުރި ކްލަންގް ޑިސްޓްރިކްޓްގައި މަރުވެފައިވަނީ ސަމްނާއޯ ޕުއަޕައެއް ނަމަކަށްކިޔާ އަންހެނެކެވެ. އެ އަންހެ...

23 Aug 2018 | 02:02

ބިޗުލެއް ކަށިޖަހައިގެން ބެންކޮކްގައި އުމުރުން 69 އަހަރުގެ މީހަކު މަރުވެއްޖެއެވެ.

ބެންކޮކްގެ ޗަންތަބުރި ކްލަންގް ޑިސްޓްރިކްޓްގައި މަރުވެފައިވަނީ ސަމްނާއޯ ޕުއަޕައެއް ނަމަކަށްކިޔާ އަންހެނެކެވެ.

އެ އަންހެންމީހާގެ ދަރި ތަނޭ ޕުއަޕައެ ބުނެފައިވާގޮތުގައި އޭނާގެ މަންމަ ގަޔަށް ބިޗޫ ކަށިޖެހީ ފައްޅިއެއްގައި ނޫޑްލްސް ވިއްކަން އުޅެނިކޮށް ކަމަށެވެ.

ބިޗޫ ކަށިޖެހުމުން އޭނާ ހޮސްޕިޓަލަށް ގެންދިޔަ ކަމަށާއި ނަމަވެސް ހުންގަދަވެ މާ ގިނައިރުތަކެއް ނުވެ މަރުވީ ކަމަށް ތަނޭ ޕުއަޕައެ ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް