ޣައްޒާއަށް ފެނާއި ކަރަންޓު އިތުރަށް ފޯރުކޮށްދެވޭނެ ގޮތެއް ނެތް: އދ

ފަންޑު ހުސްވެ ޣައްޒާގެ ހޮސްޕިޓަލްތަކަށް ތެޔޮ ފޯރުކޮށްދޭނެގޮތެއް އަދި ފެން ޕްލާންޓްތަކަށް ފެން ފޯރުކޮށްދޭނެގޮތެއް ނެތްކަމުގައި އދ ގެ ޕޮލިޓިކަލް ޗީފް ބުނެފިއެވެ. ރޯޒްމެރީ ޑި ކާލޯ މިހެން ބުނެފައިވަނީ އދގ...

23 Aug 2018 | 00:45

ފަންޑު ހުސްވެ ޣައްޒާގެ ހޮސްޕިޓަލްތަކަށް ތެޔޮ ފޯރުކޮށްދޭނެގޮތެއް އަދި ފެން ޕްލާންޓްތަކަށް ފެން ފޯރުކޮށްދޭނެގޮތެއް ނެތްކަމުގައި އދ ގެ ޕޮލިޓިކަލް ޗީފް ބުނެފިއެވެ.

ރޯޒްމެރީ ޑި ކާލޯ މިހެން ބުނެފައިވަނީ އދގެ ސެކިއުރިޓީ ކައުންސިލްގައި އިއްޔެ ކުރިއަށްދިޔަ ބައްދަލުވުމުގައިއެވެ. އެ ބައްދަލުވުމުގައި ފަލަސްތީނާއި އިޒްރޭލުގެ މަޝްރަހާއިމެދު ވާހަކަދައްކާފައިވާއިރު އޭނާ ބުނެފައިވަނީ އދ ގެ ފަންޑުން ޣައްޒާގައި އޮޕަރޭޓްކުރަމުން އަންނަ 250 ފެސިލިޓީއެއް ހުއްޓިދާނެކަމުގެ ބިރު ހީވެފައިވާއިރު އެކަމަށް ލިބިފައިވާ ފަންޑު މިހާރު ހުސްވެފައިވާކަމަށެވެ. އަދި އެ ފެސިލިޓީތައް އިތުރަށް ކުރިއަށްގެންދިއުމަށް މި އަހަރު އެކަނި އިތުރު 45 މިލިޔަން ޑޮލަރުގެ އެހީ ބޭނުންވާނެކަމުގައި އޭނާ ބުނެފައިވެއެވެ.

ޣައްޒާގައި ބޭސް ލިބުމުގެ ދަތިކަން އިންތިހާއަށްބޮޑުވެ 40 އިންސައްތަ ބޭހުގެ ސްޓޮކް އެކުގައި ހުސްވެފައިވާކަމުގައިވެސް އޭނާ ބުނެފައިވެއެވެ.

މި އަހަރުގެ މާރިޗް މަހުން ފެށިގެން އިޒްރޭލާއި ފަލަސްތީނުގެ މަސްރަހު ގޯސްވެފައިވާއިރު މި އަހަރު އެކަނި މިހާތަނަށް ފަލަސްތީނުގެ 171 މުސްލިމަކު ޝަހީދުކޮށްލާފައިވެއެވެ. އަދި އިޒްރޭލުން އަންނަނީ ފަލަސްތީނަށް އެކި ގޮތްގޮތުން ދަތިކުރަމުންނެވެ. އެގޮތުން ޣައްޒާއަށް ތަކެތި އިމްޕޯޓްކުރަން ހުރި މަގުތައް ބައްދައި ޣައްޒާއަށް ލިބޭ އެހީތައް ހުއްޓުވުމަށްވެސް އިޒްރޭލުން އަންނަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް