ގޫގަލްގެ އައު ފޯނުގެ ފޮޓޯތަކެއް ލީކުވެއްޖެ

ގޫގަލް ޕިކްސެލް ތިނެއްގެ އައު ފޮޓޯތަކެއް އިއްޔެ ލީކުވެއްޖެއެވެ. މި ލީކުކޮށްލާފައިވަނީ ރަޝިޔާގެ ޓެކް ބްލޮގެއްކަމުގައިވާ ރޯޒެޓްކެޑް އިންނެވެ. ލީކުކޮށްލާފައިވާ ފޮޓޯތަކަށް ބަލާއިރު ފޯނު ގަތުމުން ލިބޭނެ ސް...

22 Aug 2018 | 22:52

ގޫގަލް ޕިކްސެލް ތިނެއްގެ އައު ފޮޓޯތަކެއް އިއްޔެ ލީކުވެއްޖެއެވެ.

މި ލީކުކޮށްލާފައިވަނީ ރަޝިޔާގެ ޓެކް ބްލޮގެއްކަމުގައިވާ ރޯޒެޓްކެޑް އިންނެވެ. ލީކުކޮށްލާފައިވާ ފޮޓޯތަކަށް ބަލާއިރު ފޯނު ގަތުމުން ލިބޭނެ ސްޕެކްސް ތަކުގެ ފޮޓޯވެސް ހިމެނެއެވެ. އެގޮތުން ޔޫއެސްބީ-ސީ ޕިކްސެލް ބަޑްސް އާއި ޗާޖަރާއި އަދި ޔޫއެސްބީ-ސީ ހެޑްފޯން ޑޮންގަލް ހިމެނެއެވެ.

މީގެ އިތުރުން ފޯނުގެ ފްރޮންޓް އަދި ބެކްވިއުވެސް ލީކުކޮށްލާފައިވެއެވެ.

މި ލީކާއެކު ރަޝިޔާގެ ޚޮރޮޝޭވް ނަމަކަށްކިޔާމީހަކު ޕިކްސެލް ތިނަކުން ނަގާފައިވާކަމަށް ބުނާ ފޮޓޯތަކެއް އޭނާގެ އިންސްޓަގްރާމަށް އަޕްލޯޑްކޮށްފައިވެއެވެ. އަދި ގޫގަލް ޕިކްސެލް ތިނެއް ވަޔަރލެސް ޗާޖަރަކުން ޗާޖުކުރާ ވީޑިއޯއެއް އޭނާ ޓްވިޓާގައި ޕޯސްޓްކޮށްފައިވެއެވެ.

https://instagram.com/p/Bmgqbxpl9Zk/?utm_source=ig_embed&utm_campaign=embed_loading_state_control

މީގެ ކުރިން ފެންމަތިވެފައިވާ މައުލޫމާތުތަކަށްބަލާއިރު ޕިކްސެލް ތިނެއްގައި ހިމަނާފައިވަނީ 12 މެގަޕިކްސެލްގެ ރިއަރ ކެމެރާއެކެވެ. އަދި ފްރޮންޓް ފޭސިންގ ދެ ކެމެރާ ހިމަނާފައިވެއެވެ.

https://twitter.com/khoroshev/status/1032245675990441985

ބެލެވޭގޮތުގައި ޕިކްސެލް ތިނެއްގައި ހިމަނަނީ ސްނެޕްޑްރެގަން 845ގެ ޕްރޮސެސަރެކެވެ. އޯއެސްގެ ގޮތުގައި ބޭނުންކުރާނެކަމަށް ބެލެވެނީ އެންޑްރޮއިޑް 9 "ޕައި" އެވެ. އަދި މި ފޯނު ރިލީޒް ކުރާނެކަމަށް ބެލެވެނީ މި އަހަރުގެ އޮކްޓޯބަރު މަހުގެތެރޭގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް