ސިންގަލްކޮށް ހުރުމަކީ އޭގެ ފައިދާވެސް ގިނަގުނަ ކަމެއްކަމުގައި ސިންގަލްކޮށް ތިބޭ މީހުން ބުނެއެވެ. އެއްވެސް މީހަކަށް ޖަވާބުދާރީވާން ނުޖެހުމާއި، ބޭނުންވަގުތަކު ރައްޓެހިންނާއެކު ވަގުތު ހޭދަކޮށްލުމުގެ ފުރުސަތު އޮތުމާއި ބޭނުން މީހަކާއި "ފްލަރޓް" ކޮށްލުމުގެ ފުރުސަތު އޮތުމާއި މިހެންގޮސް އެތައް ކަމެކެވެ.
އެކި މީހުން ދައްކާނީ އެކި ބަހަނާއެވެ. އަދި އެކި ހުއްޖަތެވެ. ނަމަވެސް މިކަމަށް ހާއްސަ ދިރާސާއަކުން ދައްކާފައިވާގޮތުގައި ސިންގަލްކޮށް ތިބެން ބޭނުންވާ ސަބަބުތައް ވަރަށް ތަފާތެވެ.
އެގޮތުން މި ދިރާސާއަކީ ސައިޕްރަސްގެ ޔުނިވާސިޓީ އޮފް ނިކޯސިއާގެ ސްކޫލް އޮފް ހިއުމަނިޓީސްގެ އެސިސްޓެންޓް ޕޮރޮފެޝަރެއްކަމުގައިވާ މެނެލާއޯސް އަޕޯސްޓޮލޯއޫ ކުރިއަށްގެންދިޔަ ދިރާސާއެއްގެ ނަތީޖާއެވެ.
ފިރިހެނުން "ސިންގަލް"ކޮށް ތިބެނީ ކީއްވެކަމާއިމެދު މި ޕްރޮފެޝަރު އުފެއްދި ސުވާލަށް 20 ހާހަށްވުރެ ގިނަ މީހުން ޖަވާބުދީފައިވާއިރު އެ ޖަވާބުތައް 43 ބަޔަކަށް ބަހާލައި މި ޕްރޮފެޝަރު ވަނީ މި ދިރާސާ "އިވޮލިއުޝަނަރީ ސައިކޮލޮޖިކަލް ސާވިސް" ޖާނަލްގައި ޝާއިޢު ކޮށްފައެވެ.
ދިރާސާއިން ދެއްކިގޮތުގައި ފިރިހެނުން އެންމެ ގިނައިން ސިންގަލްކޮށް ތިބެނީ އެމީހުން "ހުތުރު" ކަމުގައި އެމީހުންގެ ނަފްސަށް ހީވުމުންނެވެ.
އެގޮތުން މި ދިރާސާގައި ބައިވެރިވި 662 މީހަކު ބުނެފައިވާގޮތުގައި އެމީހުން "ސިންގަލް"ކޮށް ތިބެނީ އިސްކޮޅުން ކުރުކަމުންނާއި ބަރުދަން މަތިކަމުންނާއި ތަލަވުމުންނެވެ.
ލިސްޓުގައި ދެން އެންމެ ކުރިގައި އުޅޭ ކަންކަމަކީ އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ކުޑަވުމާއި ބިޓެއް ސެޓް ކުރަން މަސައްކަތް ކުރަން ނުކެރުމާއި ބިޓެއް ސެޓްކުރުމުގައި ހަދާނެގޮތް ނޭނގުމެވެ.
މި ދިރާސާގެ ސަބަބުން، ފިރިހެނުން ސިންގަލްކޮށް ތިބޭ ސަބަބު ސާފުކޮށް އެނގިފައިވާކަމުގައި ދިރާސާކުރި ފަރާތުން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް