އެމްޑަބްލިއުއެސްސްސީން ޅ. ކުރެންދޫގައި ގާއިމްކުރަމުންދާ ނަރުދަމާ ނިޒާމްގެ 99 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.
އެ ކުންފުނިން ބުނެފައިވާގޮތުގައި މި މަޝްރޫއުގެ ދަށުން އެރަށުގެ ނަރުދަމާ ނިޒާމުގެ މައި ނެޓްވޯކް ގާއިމްކޮށް އަދި 366 ގެއެއްގައި ޖަންކްޝަން ބަހައްޓައި، މިގެތަކަށް ނަރުދަމާގެ ކަނެކްޝަން ވަނީ ގުޅާދެވިފައެވެ.
"ކުރެންދޫ ނަރުދަމާ ނިޒާމުގެ އަމަލީ މަސައްކަތް ފެށިފައިވަނީ 20 ސެޕްޓެމްބަރު 2018 ވަނަ އަހަރުގައެވެ. މި މަޝްރޫއުގެ ދަށުން 6000 މީޓަރުގެ ނަރުދަމާ މައި ނެޓްވޯކާއި، 720 މީޓަރގެ ޕަންޕިން ލައިނެއް ވަނީ ގާއިމްކުރެވިފައެވެ. މީގެ އިތުރުން ދެ ޕަމްޕިން ސްޓޭޝަނާއި، ސީ އައުޓް ފްލޯ އަދި އިދާރީ ބިލްޑިންގެއްވެސް ވަނީ ގާއިމްކުރެވިފައެވެ. އަދި ހަމަ މިއާއިއެކު ނަރުދަމާ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނަރޭޓަރ ސެޓާއި ވެހިކަލް މި މަޝްރޫއުގެ ދަށުން ފޯރުކޮށްދެވިގެންދާނެ" އެމްޑަބްލިއުއެސްސީން ބުނެފައިވެއވެ.
މި މަޝްރޫއަކީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ ގެ ފަރާތުން މި ކުންފުންޏާއި ހަވާލުކޮށްގެން ކުރިއަށްގެންދެވިފައިވާ މަޝްރޫއެކެވެ. މި މަޝްރޫއަށް ޖުމްލަ 29،401،918.84 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ލަފާކުރެވޭއިރު ކުރެންދޫ ނަރުދަމާ ނިޒާމުގެ މަސައްކަތް ނިމިފައިވާއިރު، މި ނިޒާމް ޓެސްޓްކޮށް، ކޮމިޝަން ކުރުމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިން އެންޑް އިންފްރާސްޓްރަކްޗާރގައި މިހާރު ވާނީ އެދިފައި ކަމުގައި އެމްޑަބްލިއުއެސްސީން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް