200 މިލިއަން ޑޮލަރުގެ ޑްރަގް އުފުލައިގެން ދިޔަ ޓްރަކް ޖެހުނީ ޕޮލިސް ކާރުގައި

އޮސްޓްރޭލިއާގައި 200 މިލިއަން ޑޮލަރުގެ ޑްރަގް އުފުލައިގެން ދިޔަ ޓްރަކެއް ޕުލުހުންގެ ކާރަކު ޖެހި އެކްސިޑެންޓްވެއްޖެއެވެ. އޮސްޓްރޭލިއާގެ ސިޑްނީގައި އިއްޔެ މިހާދިސާ ހިނގިއިރު، ޕޮލިސް ކާރު އޮތީ ޕޮލިސް ސްޓ...

23 Jul 2019 | 11:29

އޮސްޓްރޭލިއާގައި 200 މިލިއަން ޑޮލަރުގެ ޑްރަގް އުފުލައިގެން ދިޔަ ޓްރަކެއް ޕުލުހުންގެ ކާރަކު ޖެހި އެކްސިޑެންޓްވެއްޖެއެވެ.

އޮސްޓްރޭލިއާގެ ސިޑްނީގައި އިއްޔެ މިހާދިސާ ހިނގިއިރު، ޕޮލިސް ކާރު އޮތީ ޕޮލިސް ސްޓޭޝަން ކުރިމަތީގައި ޕާކުކޮށްފައެވެ.

ޑްރަގް އުފުލަމުން ދިޔަ ޓްރަކް ދުއްވަން އިނީ 28 އަހަރުގެ ޒުވާނެއް ކަމަށް ރިޕޯޓުތައް ބުނެއެވެ. މި އެކްސިޑެންޓަށްފަހު އެ މީހާ ވަނީ އެތަނުން ފިލާފައެވެ. ނަމަވެސް ގަޑިއިރެއްގެ ތެރޭގައި ސިޑްނީ ފުލުހުން ވަނީ މި މީހާ ހޯދުމަށްފަހު ހައްޔަރުކޮށްފައެވެ.

ޓްރަކުގައި ހުރި މަސްތުވާތަކެތި ހުރީ ފޮށިގަނޑު ތަކެއްގައި ބަންދުކޮށްފައެވެ. ސިޑްނީ ފުލުހުން ވިދާޅުވީ، 273 ކިލޯގެ "ކްރިސްޓަލް މެތު" ބާވަތުގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށާއި، އެތަކެތީގެ އަގު 200 މިލިއަނަށް އަރާނެ ކަމުގައެވެ. މި ވައްތަރުގެ މަސްތުވާތަކެއްޗަކީ އޮސްޓްރޭލިއާގައި އެންމެ އާންމުކޮށް ބޭނުންކުރާ އަދި އެންމެ ގެއްލުންހުރި ވައްތަކުގެ މަސްތުވާތަކެއްޗެވެ.

މި އެކްސިޑެންޓްގައި އެއްވެސް މީހަކަށް އަނިލާއެއް ލިބިފައި ނުވާކަމަށް ފުލުހުންނާ ހަވާލާދީ ރިޕޯޓުތައް ބުނެއެވެ. މި މައްސަލައިގައި ހައްޔަރު ކުރި މީހާ މާދަމާ ކޯޓަށް ހާޒިރުކުރެވޭނެ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް