ޓެބްލެޓްތަކެއް ވަގަށްނެގި މީހަކު ކޮލަމާފުށިން ހައްޔަރުކޮށްފި

ޓެބްލެޓްތަކެއް ވަގަށް ނެގި މީހަކު ގއ. ކޮލަމާފުށިން ހައްޔަރުކޮށްފިއެވެ. ފުލުހުން ވިދާޅުވީ، މި މީހާ ހައްޔަރުކޮށްފައި ވަނީ، ޓެބްލެޓްތައް ވަގަށް ނެގިކަމަށް ކޮލަމާފުށި ގެއަކުން ރިޕޯޓުކުރިތާ ތިރީސް މިނެޓު ތ...

23 Jul 2019 | 10:51

ޓެބްލެޓްތަކެއް ވަގަށް ނެގި މީހަކު ގއ. ކޮލަމާފުށިން ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ، މި މީހާ ހައްޔަރުކޮށްފައި ވަނީ، ޓެބްލެޓްތައް ވަގަށް ނެގިކަމަށް ކޮލަމާފުށި ގެއަކުން ރިޕޯޓުކުރިތާ ތިރީސް މިނެޓު ތެރޭގައި ކަމަށެވެ. ގެއަކުން ވައްކަންކޮށްގެން ކޮލަމާފުށި ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ މިއަދު މެންދުރު 11:00 ހާއިރު ކަމަށް ފުލުހުން ވިދާޅުވިއެވެ.

މިމީހާގެ އަތުން ވަގަށް ނަގާފައިވާ ހަތަރު ޓެބްލެޓް ވަނީ ހޯދާފައެވެ.

މި މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައި ވަނީ 34 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް