ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި އެކު ލ.ގަމުން މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ވިދާޅުވީ، މި މީހާ ހައްޔަރުކޮށްފައި ވަނީ ރޭ 22:37 ހާއިރު ކަމަށެވެ. މި މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައި ވަނީ 25 އަހަރުގެ ދިވެހި ފިރިހެނެކެވެ.
ފުލުހުން މިމީހާ ހައްޔަރުކޮށްފައި ވަނީ އެރަށު މަގުމަތިންނެވެ. ފުލުހުން އެމީހާ ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ހުރި 207 ރަބަރު ޕެކެޓު ފެނިފައިވެއެވެ. މީގެ އިތުރުން މަސްތުވާތަކެތި ހުރި ބޮޑު ރަބަރު ޕެކެޓެއް ވެސް ފެނިފައިވާކަމަށް ފުލުހުން އިތުރަށް ވިދާޅުވިއެވެ.
މި މައްސަލަ ލ. ގަން ޕޮލިސް ސްޓޭޝަނުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް