ލުތުފީ މާލެ ގެނެސް ޑަކުޓަރަށް ދައްކައިފި

ތިނެއް ނޮވެމްބަރުގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ، ހ. ހާޖަރާގޭ ބާޣީ ލުތުފީ މާލެ ގެނެސް ޑަކުޓަރަށް ދައްކައިފިއެވެ. ދުވަހަށް މައުލޫމާތު ދެއްވަމުން ކަރެކްޝަންސްގެ މީޑިއާ އޮފިސަރު ވިދާޅުވީ އިއްޔެ ޑަކުޓަރަށ...

23 Jul 2019 | 08:58

ތިނެއް ނޮވެމްބަރުގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ، ހ. ހާޖަރާގޭ ބާޣީ ލުތުފީ މާލެ ގެނެސް ޑަކުޓަރަށް ދައްކައިފިއެވެ.

ދުވަހަށް މައުލޫމާތު ދެއްވަމުން ކަރެކްޝަންސްގެ މީޑިއާ އޮފިސަރު ވިދާޅުވީ އިއްޔެ ޑަކުޓަރަށް ދައްކަން ލުތުފީ މާލެ ގެންދިޔަ ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް ނުދެއްވައެވެ.

ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި ލުތުފީ ގެނައީ ޓެސްޓްތަކެއް ހެދުމަށެވެ. އަދި މިހާރު ވަނީ އަނބުރާ ގެންގޮސްފައެވެ.

ތިނެއް ނޮވެމްބަރުގެ އުދުވާނީ ހަމަލާއާއި ގުޅިގެން ލުތުފީއަށް އިއްވި މަރުގެ ހުކުމް އުމުރު ދުވަހުގެ ޖަލު ހުކުމަކަށް ބަދަލުކޮށްފައިވަނިކޮށް، އެ ހުކުމް ނިމެން އެންމެ ހަތަރު އަހަރަށް ވެފައިވަނިކޮށް، ބޭސް ފަރުވާއަށް އިންޑިއާއަށް ފޮނުވުމުން ފިލިއެވެ.

ފިލައިގެން ނުވަ އަހަރު ވަންދެން އުޅުނީ ލަންކާގައެވެ. ލަންކާގައި ފިލައިގެން އުޅުމަށްފަހު ލަންކާގައި ހުންނަ ދިވެހި އެމްބަސީއަށް ގޮސް އަމާންދިނީ ލަންކާގައި ބޮން ގޮއްވި ހާދިސާއާއި ގުޅިގެން އެ ގައުމުގައި ކާފިއު އިއުލާނުކޮށް ބަލާ ފާސްކުރުމުގެ އޮޕަރޭޝަނެއް އެގައުމުގެ ސަލާމަތީ ބާރުތަކުން ކުރަން ފެށުމުންނެވެ. އަމާންދިނީ އިތުރު ގޮތެއް ނެތިގެންނެވެ.

ނަމަވެސް އޭނާ ރާއްޖެ ގެނެވުނީ އަމާން ދިންތާވެސް މަހަކަށްވުރެ ގިނަ ދުވަސް ވި ފަހުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް