ވިޔަފާރިތަކަށް އެހީ ހޯދަން އިކޮނޮމިކް މިނިސްޓަރ އިންޑިއާއަށް

ރާއްޖޭގެ ވަޒީފާގެ ދާއިރާ ހަރުދަނާކުރުމުގެ ގޮތުން ފަންނީ އެހީތެރިކަން ހޯދުމަށްޓަކައި މިނިސްޓަރ ފައްޔާޟް އިންޑިއާއަށް ވަޑައިގެންފިއެވެ. އިކޮނޮމިކް މިނިސްޓަރުގެ މި ދަތުރުފުޅުގައި އިންޑިއާގެ ޔޫނިއަން މިނި...

23 Jul 2019 | 08:04

ރާއްޖޭގެ ވަޒީފާގެ ދާއިރާ ހަރުދަނާކުރުމުގެ ގޮތުން ފަންނީ އެހީތެރިކަން ހޯދުމަށްޓަކައި މިނިސްޓަރ ފައްޔާޟް އިންޑިއާއަށް ވަޑައިގެންފިއެވެ.

އިކޮނޮމިކް މިނިސްޓަރުގެ މި ދަތުރުފުޅުގައި އިންޑިއާގެ ޔޫނިއަން މިނިސްޓަރ ފޯރ ސްކިލްސް އެންޑް އޮންޓަރޕްރިނިއާޝިޕް، ޑރ. މަހޭންދްރަ ނާތް ޕާންޑޭ އާއި ބައްދަލުކުރައްވައި މިދާއިރާގެ ހުނަރު އިތުރުކުރުމަށް ކުރެވިދާނެ މަސައްކަތްތަކާއި ބެހޭ ގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާކުރައްވާފައިވެއެވެ.

މި ބައްދަލުކުރެއްވުމުގައި ދާދިފަހުން އިންޑިއާ އާއި ދިވެހިރާއްޖެއާއި ދެމެދު މުވައްޒަފުންނަށް ފަންނީ އެހީތެރިކަން ހޯދުމަށްޓަކައި އެކުލަވާލެވުނު އެއްބަސްވުމާއިގުޅޭގޮތުން ދެބޭފުޅުން ވާހަކަދައްކަވާފައިވާއިރު ކުރިއަށް އޮތްތަނުގައި މިދާއިރާއިން ރާއްޖެއަށް އިންޑިއާގެ ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ލިބިގެންދާނެކަމަށް ޑރ. މަހޭންދްރަ ނާތް ޕާންޑޭ ވަނީ ފާހަގަކުރައްވާފައެވެ.

މިނިސްޓަރު ފައްޔާޟް އިންޑިއާއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ރާއްޖޭގެ ވިޔަފާރީގެ ދާއިރާއަށް ފައިސާގެ އެހީތެރިކަން ހޯދުމަށް ހަމަޖެހިފައިވާއިރު، އިކޮނޮމިކް މިނިސްޓަރު މިއަދު ވަނީ އިންޑިއާގެ ހޮސްޕިޓޭލިޓީ ދާއިރާގައި ހަރަކާތްތެރިވާ ބޮޑެތި ކުންފުނިތަކާއި ބައްދަލުކުރައްވާ ރާއްޖެއަށް އިތުރު އިންވެސްޓްމެންޓުތައް ހޯދުމަށް މަޝްވަރާތަކެއް ކޮށްފައެވެ.

މި ބައްދަލުކުރެއްވުމުގައި މޯލްޑިވްސް ފަންޑް މެނޭޖްމެންޓް ކޯޕަރެޝަން، އެމްއެފްއެމްސީއާއި ދިވެހިރާއްޖެއިން އިންޑިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އައިޝަތު މުހައްމަދު ދީދީ ބައިވެރިވެ ވަޑައިގެންނެވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް