ތިބާ ފޭސްބުކްއަށް ވަންނަނީ ކީއްކުރަން!

ފޭސްބުކްއަކީ މުޅި ދުނިޔޭގެ ބޮޑު އިންސައްތައެއްގެ މީހުން ބޭނުންކުރަމުން އަންނަ އެއްޗެކެވެ. ސޯޝަލް މީޑީއާގެ ޕްލެޓްފޯމް ތަކުގެ ތެރެއިންވެސް އެންމެ ވަރުގަދަ އެންމެ ނުފޫޒު ގަދަ އެޕަކަށް ވާނީވެސް ހަމަ ފޭސްބ...

23 Jul 2019 | 06:31

ފޭސްބުކްއަކީ މުޅި ދުނިޔޭގެ ބޮޑު އިންސައްތައެއްގެ މީހުން ބޭނުންކުރަމުން އަންނަ އެއްޗެކެވެ. ސޯޝަލް މީޑީއާގެ ޕްލެޓްފޯމް ތަކުގެ ތެރެއިންވެސް އެންމެ ވަރުގަދަ އެންމެ ނުފޫޒު ގަދަ އެޕަކަށް ވާނީވެސް ހަމަ ފޭސްބުކްއެވެ.

އެކި މީހުން މި ޕްލެޓްފޯމް ބޭނުން ކުރަމުން އަންނަނީ އެކި ބޭނުން ތަކުގައެވެ. އެއްބަޔަކު ފޫހި ފިލުވުމަށް މި އެޕް ބޭނުން ކުރާއިރު، އަނެއް ބަޔަކު ފޭސްބުކް ބޭނުން ކުރަނީ އަމިއްލަ ދިރިއުޅުމުގައި ދިމާވާ ކަންތައްތައް ހިއްސާ ކުރުމަށެވެ.

އެގޮތުންވެސް މީމް ބަލައި އެ ފޭސްބުކްގައި ހިއްސާކުރަން މި ޕްލެޓްފޯމް ބޭނުން ކުރާ މީހުން ގިނަކަން ފާހަަގަކޮށްލަންޖެހެއެވެ. މީގެ އިތުރުންވެސް އެހެން މީހުންގެ ދިރިއުޅުމުގެ ކަންތައްތައް ބެލުމަށް އެތަނުގައި ވަގުތު ހޭދަކުރާ މީހުންވެސް މަދު ނޫން ކަން ފާހަގަކޮށްލަންޖެހެއެވެ.

އެގޮތުން އެ ހިއްސާ ކުރާ މީމްސް ތަކަކީ އާންމު ދިރިއުޅުމުގައި ހިނގާ އެކި ކަންތަކާއި، ނޫނީ އެ އިރެއްގައި އެންމެ އަޑުގަދަކޮށް ދެކެވޭ ވާހަކަ އަކަށް ހަދާ އެއްޗެކެވެ.

އެއީ ގައުމެއްގެ ރައީސަކަސް، ފިލްމީ ތަރިއަކަސް މި ބުނާ މީމްސް ތަކުން ސަލާމަތް ވެވޭކަށް ނޯވެއެވެ. މިހެން އުޅޭ އުޅުމުގައި އެއްކަލަ މީމްސްތައް ހަދާ މީހެއްގެ ލޮލުގައި އަޅައިގަނެއްޖެ ނަމަ އެ ނިމުނީއެވެ. އިރުކޮޅެއްތެރޭ ފެންނާނީ އެންމެންގެ އެފްބީ ޕްރޮފައިލްގެ އެންމެ އުހުގައި އެމީހަކު ވާތަނެވެ.

މިހާހިސާބުން މީމްސް ގެ ވާހަކަ އެއްފަރާތް ކޮށްފަ އެފްބީ ގައި އެކި މީހުން ހިންގާ ވިޔަވާރިތަކުގެ ވާހަކަޔަށް ޖެހިލާނަމެވެ. އެފްބީ މެދުވެރިކޮށް ގިނަ ފަރާތްތަކުން އޮންލައިން ވިޔަފާރި ކޮށް އުޅެއެވެ. ބައެއް މީހުން އަމިއްލަ ހުނަރު ބޭނުންކޮށްގެން ހަދާފައި ހުންނަ ތަކެތި ވިއްކާއިރު، ބައެއް މީހުން ބޭރުން އެއްޗެހި ގެނެސް ވިއްކާ ހަދައެެވެ.

އެހެންނަަމަވެސް އެ ހުރިހާ ޕޭޖްތަކަށްވުރެވެސް ގިނައީ މީމްތައް ހަދާ ޕޭޖްކަން ފާހަގަކޮށްލަންޖެހެއެވެ.

އެހެންކަމުން މި ހުރިހާ ކަމެއްގެ ތެރެއިން ތިބާ އެފްބީ ބޭނުންކުރަނީ ކީއްކުރަންހެއްޔެވެ؟

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް