ޑެންގީ ހުން ޖެހުނު ކުޑަކުއްޖަކަށް ފަރުވާދެމުން ދަނިކޮށް މިއަދުގެ ވަގުތެއްގައި މަރުވެއްޖެއެވެ.
ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި މަރުވެފައިވަނީ ހދ. ކުޅުދުއްފުއްޓަށް ނިސްބަތްވާ އުމުރުން ނުވަ އަހަރުގެ ފިރިހެން ކުއްޖެކެވެ. އެ ކުއްޖާ މަރުވީ ކުޅުދުއްފުށީގައި ފަރުވާ ދިނުމަށްފަހު ރޭގެ ވަގުތެއްގައި މާލެ ގެނެސް ފަރުވާ ދެމުން ދަނިކޮށެވެ. މަރުވެފައިވަނީ ހަސަން ހައިޝަމް ހުސެއިން ކިޔާ ކުއްޖެކެވެ.
ދުވަހަށް މައުލޫމާތުދެމުން އެ ރަށުން ވާހަކަ ދެއްކި މީހަކު ބުނީ އެ ކުއްޖާއަކީ ތެލަސީމިއާ ކުއްޖެއް ކަމަށެވެ.
މިކަމުގައި ރަސްމީ އިދާރާއެއްގެ ބަހެއް ލިބޭގޮތް ވަނީ ނުވެފައެވެ.
މި ކުއްޖާގެ ކަށުނަމާދު ކުރުން އޮތީ މިއަދު މެންދުރު ނަމާދަށްފަހު އާސަހަރާ މިސްކިތުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް