ކަރަން ޖޯހަރުގެ ގެއަށް ވަދެފައި އަނަންޔާއަށް ނިކުމެވުނީ ޕަޕަރާޒީންގެ ކުރިމައްޗަށް !

ޗަންކީ ޕާންޑޭގެ ދަރި އަނަންޔާ ޕާންޑޭ ބޮލީވުޑަށް ތައާރަފް ކޮށްދިނީވެސް ކަރަން ޖޯހަރެވެ. ފިލްމު ސްޓޫޑަންޓް އޮފް ދަ އިޔާ ދޭއްގައި އަނަންޔާ ފެނިގެންގޮސްފައިވަނީ ޓައިގަރ ޝްރޮފް އަދި ތާރާ ސުތާރީއާ އާއި އެކު...

23 Jul 2019 | 05:50

ޗަންކީ ޕާންޑޭގެ ދަރި އަނަންޔާ ޕާންޑޭ ބޮލީވުޑަށް ތައާރަފް ކޮށްދިނީވެސް ކަރަން ޖޯހަރެވެ. ފިލްމު ސްޓޫޑަންޓް އޮފް ދަ އިޔާ ދޭއްގައި އަނަންޔާ ފެނިގެންގޮސްފައިވަނީ ޓައިގަރ ޝްރޮފް އަދި ތާރާ ސުތާރީއާ އާއި އެކުގައެވެ.

ކޮންމެއަކަސް ރޭގެ ވަގުތެއްގައި އަނަންޔާ މިވަނީ އަނެއްކާވެސް ކަރަން ޖޯހަރާ ބައްދަލުކޮށްފައެވެ. މި ބައްދަލުވުން އޮތީ ކަރަން ޖޯހަރުގެ ގޭގައެވެ. އެ ގެއިން އަނަންޔާ އަށް ނިކުމެވުނީ ޕަޕަރާޒީންގެ ކުރިމައްޗަށެވެ. ފޮޓޯތައް މިހާރު ވަނީ މީޑިއާއަށް ތިލަވެފައެވެ.

އަނަންޔާ ލައިގެން ހުރީ ހުދު ކުލައިގެ ޓޮޕް ކޮޅަކާއި ފައިކުރި ފުޅާ ޑެނިމް ޖިންސެކެވެ. އަރައިގެން ހުރީ ހުދު ކުލައިގެ ބޫޓަކަށެވެ.

އިންޑިއާގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާގޮތުގައި އަނަންޔާ ކަރަން އާ ބައްދަލުކުރުމުން، އަނެއްކާވެސް ކަރަންގެ ފިލްމަކުން އަނަންޔާ ފެނުމުގެ ފުރުސަތު މިވަނީ ބޮޑުވެގެން ގޮސްފައެވެ. ނަމަވެސް ކަރަން އަދި އަނަންޔާވެސް މިކަމާއި ބެހޭގޮތުން އެއްޗެއް ބުނެފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް