މިއީ ހަނީ، ހަނީގެ ބަރުދަނުން 27 ކިލޯ ލުއިކޮށްލީ ކެޓޯ ޑައިޓް ހިޔާރުކޮށްގެން

މަތީގައި އެވާ ފޮޓޯއިން އެ ފެންނަނީ އިންޑިއާގެ ރައްޔިތެއް ކަމުގައިވާ އުމުރުން 21 އަހަރުގެ ހަނީ ސެތު އެވެ. ފަލަ ކަމުން ރަހުމަތްތެރިން ދިމާކޮށް ހެދިއެވެ. އެކަމާހެދި ބައެއް ފަހަރު ގެއިން ބޭރަށް ނިކުންނަން...

23 Jul 2019 | 05:04

މަތީގައި އެވާ ފޮޓޯއިން އެ ފެންނަނީ އިންޑިއާގެ ރައްޔިތެއް ކަމުގައިވާ އުމުރުން 21 އަހަރުގެ ހަނީ ސެތު އެވެ. ފަލަ ކަމުން ރަހުމަތްތެރިން ދިމާކޮށް ހެދިއެވެ. އެކަމާހެދި ބައެއް ފަހަރު ގެއިން ބޭރަށް ނިކުންނަން ފޫހިވެ މުޅި ދިރިއުޅުން މަތިންވެސް ފޫހިކޮށްލި ކަމަށް ހަނީ ބުނެފައިވެއެވެ.

ނަމަވެސް ކެއުމަށް ގެނައި ބަދަލަކުން ހަނީ މިވަނީ އޭނާގެ ބަރުދަނުން 27 ކިލޯ ލުއިކޮށްލާފައެވެ. އޭނާ ހިޔާރު ކުރީ ކެޓޯޖީނިކް ޑައިޓެކެވެ. ބަރުދަނުން 27 ކިލޯ މި ލުއިކޮށްލީ ދެ އަހަރު ދުވަހުގެ މަސައްކަތުންނެވެ.

ހަނީ ހިޔާރު ކުރި ކެޓޯ ޑައިޓްގައި ހެނދުނުގެ ނާސްތާއަށް ހަނީ ބޮނީ އަލްމަންޑް މިލްކު ތައްޓަކެވެ. ކަނީ އެއް ފޮތި ޗީޒް އާއި 50 ގްރާމްގެ ސްޓަޔަރ-ފްރައިޑް ވެޖްޓަބަލް އެވެ.

މެންދުރުގެ ނާސްތާގައި ހަނީ ކަނީ 100 ގްރާމް ޕަނީރު (ކޮޓެޖް ޗީޒް އަޅާފައި) އަދި އެއް ބައުލް ތަރުކާރީއެވެ.

ރޭގަނޑު ހަނީ ކަނީ 100 ގްރާމްގެ ޕަނީރުގެ އިތުރުން ދެ ބައުލް ތަރުކާރީ އާއި އެއް ބައުލް ސޫޕެވެ.

ކަސްރަތެއް ކުރަން ފެށުމުގެ ކުރިން ދެތިން އަލްމަންޑް ކާލުމަށްފަހު ގްރީން ޓީ ތައްޓެއް ބޯލާ ކަމަށާއި ކަސްރަތު ނިމުމުން އަލްމަންޑް މިލްކު ތައްޓެއް ބޯލައި ޗީޒް ފޮއްޗެއް ކާލާ ކަމަށް އޭނާ ބުނެފައިވެއެވެ.

ހަނީ ބުނެފައިވާގޮތުގައި ކެޓޯ ޑައިޓެއް ހިޔާރު ކުރާނަމަ އޭގެ އިންތަކާއި މިންތަކުގައި ހިފެހެއްޓުން ވަރަށް މުހިންމެވެ. ނަތީޖާ ފެންނާނީ އޭރަށެވެ.

ހަނީ ކަސްރަތުގެ ގޮތުގައި ކުރަނީ ހިނގުމާއި ޔޯގާ އެވެ. ހަނީ ބުނެފައިވާގޮތުގައި ކެތްތެރި ކަމާއި ހިތްވަރާއެކު ބަރުދަން ލުއި ކުރަން މަސައްކަތްކޮށްފިނަމަ ކޮންމެ މީހަކަށްވެސް އެކަން ކާމިޔާބު ކުރެވޭނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް