ކިންގް ސަލްމާން ހިއުމޭނިޓޭރިއަން އެއިޑް އެންޑް ރިލީފް ސެންޓަރުން ދިވެހިރާއްޖެއަށް ހަދިޔާކުރެއްވި ފަންސާސް މެޓްރިކް ޓަނުގެ ކަދުރު ގޭބިސީތަކަށް ބަހައި ނިންމާލާލައިވާކަމުގައި އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.
އެ މިނިސްޓްރީން ބުނެފައިވަނީ މާލެ ސިޓީއާއި، އައްޑޫ ސިޓީއާއި، ފުވައްމުލަކު ސިޓީ، އަދި އަތޮޅުތަކުގެ ރަށްރަށުގައި މީހުން ދިރިއުޅޭ ގޭބިސީތަކުގެ ޢަދަދު ބެލުމަށްފަހު، ކޮންމެ ގޭބިސީއަކަށް 1 ޕަކެޓް ކަދުރު ދޭ އުޞޫލުން ކަދުރު ބަހައި ނިންމާލާފައިވަނީ 22 ޖުލައި 2018 ވީ އާދިއްތަދުވަހު ކަމަށެވެ.
މާލެއާއި އަތޮޅުތެރެއިން ޖުމްލަ 24345 ގޭބިސީއަށް ކަދުރު ބަހާފައިވާއިރު، ރާއްޖޭގެ އެކި ކަންކޮޅުތަކުން 43 ރަށު ކައުންސިލުން ކަދުރާ ހަވާލުވެފައިވާކަމަށާއި އަތޮޅުތެރެއިން ޖުމްލަ 13052 ގޭބިސީއަށް ވަނީ ކަދުރު ހަވާލުކޮށްފައި ކަމުގައިވެސް އިސްލާމިކް މިނިސްޓްރީން ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް