ކޯޓަކު މައްސަލައެއް ނޯންނާނެ، ޕާސްޕޯޓު ހިފެހެއްޓިކަން އެނގިފައެއް ނެތް: އުމަރު

ގުޅުންހުރި އެއްވެސް މައްސަލައެއް އެއްވެސް ކޯޓެއްގައި ނޯންނާނެ ކަމަށާއި އަދި ޕާސްޕޯޓް ހިފެހެއްޓިކަން އެނގިފައި ނުވާކަމަށް، ރިޔާސީ އިންތިހާބުގައި ކުރިމަތިލައްވާނެކަން ހާމަކުރައްވާފައިވާ ކުރީގެ ހޯމް މިނި...

23 Jul 2018 | 13:55

ގުޅުންހުރި އެއްވެސް މައްސަލައެއް އެއްވެސް ކޯޓެއްގައި ނޯންނާނެ ކަމަށާއި އަދި ޕާސްޕޯޓް ހިފެހެއްޓިކަން އެނގިފައި ނުވާކަމަށް، ރިޔާސީ އިންތިހާބުގައި ކުރިމަތިލައްވާނެކަން ހާމަކުރައްވާފައިވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

އުމަރު މިހެން ވިދާޅުވީ ޕާސްޕޯޓް ހިފެހެއްޓިކަމަށް ދެކެވޭ ވާހަކައިގާ ދުވަހަށް މައުލޫމާތު ދެއްވަމުންނެވެ.

އުމަރު ވިދާޅުވީ އޭނާ އާއި ގުޅޭ އެއްވެސް މައްސަލައެއް އެއްވެސް ކޯޓެއްގައި ނޯންނާނެ ކަމަށެވެ. އަދި ހިއްސާއެއް އޮންނަ ކުންފުންޏެއްވެސް ނޯންނާނެ ކަމަށެވެ.

އަދި ޕޯސްޕޯޓް ހިފެހެއްޓިކަން އެނގިވަޑައިގެންފައިނުވާއިރު މާދަމާ އެކަން ކޯޓުން ސާފުކުރައްވާނެކަމުގައިވެސް އުމަރު ވިދާޅުވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް