ރިޔާސީ ކެނޑިޑޭޓު ކަމަށް ކުރިމަތިލައްވާނެކަން ހާމަކުރައްވާފައިވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުގެ ޕާސްޕޯޓު ހިފަހައްޓަން ސިވިލް ކޯޓުން އަމުރެއް ނެރެފި އެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި މިއަދު ސިވިލް ކޯޓުން މިފަދަ އަމުރެއް ނެރެފައިވަނީ އުމަރުގެ ހިއްސާ އޮންނަ ކުންފުންޏެއްގެ ދަރަނީގެ މައްސަލައަކާއި ގުޅިގެންނެވެ. ނަމަވެސް އެ މައްސަލައިގެ ތަފްސީލެއް ނޭނގެ އެވެ. އަދި ޕާސްޕޯޓް ހިފަހައްޓައި އެކަން އިމިގްރޭޝަނަށް އަންގާފައިވާކަމަށްވެސް މައުލޫމާތު ލިބެ އެވެ.
މިކަމުގައި އުމަރުގެ ކޮމެންޓެއް ދުވަހަށް ލިބިފައިނުވި ނަމަވެސް ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން އުމަރު ވިދާޅުވެފައިވަނީ އޭނާގެ ހިއްސާ އޮންނަ އެއްވެސް ކުންފުންޏެއް މިހާރު ނޯންނާނެ ކަމަށެވެ. އަދި ޕާސްޕޯޓް ހިފެހެއްޓި ވާހަކައަކީވެސް ދޮގެއް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް