32 މީހުންނާއެކު ދަތުރު ކުރަމުންދިޔަ ލޯންޗެއް ދިޔަވަމުންދާތީ އެމްއެންޑީއެފުން ހަރަކާތްތެރިވެއްޖެ

އއ.ބަތަލާ ރިސޯޓް ކައިރިން 32 މީހުންނާއެކު ދަތުރުކުރަމުންދިޔަ ލޯންޗެއް އަޑިޔަށްދާ ކަމުގެ މަޢުލޫމާތު ލިބިގެން އެމް.އެން.ޑީ.އެފް ގެ ސީ.ޖީ ނޫރައްދީން ހަރަކާތްތެރިވެއްޖެއެވެ. އެމް.އެން.ޑީ.އެފުން މަޢުލޫމާތު...

23 Jul 2018 | 08:52

އއ.ބަތަލާ ރިސޯޓް ކައިރިން 32 މީހުންނާއެކު ދަތުރުކުރަމުންދިޔަ ލޯންޗެއް އަޑިޔަށްދާ ކަމުގެ މަޢުލޫމާތު ލިބިގެން އެމް.އެން.ޑީ.އެފް ގެ ސީ.ޖީ ނޫރައްދީން ހަރަކާތްތެރިވެއްޖެއެވެ. އެމް.އެން.ޑީ.އެފުން މަޢުލޫމާތު ދޭ ގޮތުގައި މިހާރުވަނީ ލޯންޗުގެ ދިޔަވުން ކޮންޓުރޯލް ކުރެވިފާކަމަށާއި މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުން ލިބިފައެއް ނުވެއެވެ. އަދި ލޯންޗު ދަނީ މަޔާފުއްޓަށް ދަތުރުކުރަމުންނެވެ. މިހާދިސާ ހިނގައިގެން އުޅޭކަން އެމް.އެން.ޑީ.އެފަށް ރިޕޯޓުކޮށްފައިވަނީ މިއަދު މެންދުރު 12:38 ގައެވެ.

މި ލޯންޗަކީ މާލެއިން ފުރައިގެން މަޔާފުއްޓަށް ދަތުރުކުރި ލޯންޗެއްކަމަށާއި މި ލޯންޗުގައި ދަތުރުކުރީ މުޅިންވެސް ފަތުރުވެރިންކަމަށް އެމް.އެން.ޑީ.އެފުން މަޢުލޫމާތު ދެއެވެ.

މިއަދު ހެނދުނު ވަނީ ދިހަ މީހުންނާއެކު ލ ބަރެސްދޫ ކައިރިއަށް ޑިންގީއެއް ބަންޑުން ޖަހާލާފައެވެ. އާންމުންގެ އެހީއާ އެކު، އެހެން ޑިނގީއެއް އެ ސަރަހައްދަށް ގެންގޮސް، ސިފައިން ވަނީ ބަންޑުން ޖަހައިލި  ޑިންގީގައި ތިބި އެންމެން ލ. މަހަކަންފުށި ކިޔާ ފަޅު ރަށަކަށް ގެންގޮސްފައެވެ. އެމް.އެން.ޑީ.އެފުން މައުލޫމާތު ދޭ ގޮތުގައި މިހާރު އެމީހުންވަނީ ލ.ގަމަށް ގެންގޮސްފައެވެ.

މިދުވަސްވަރަކީ މޫސުން ގޯސް ދުވަސް ވަރަކަށްތީ މޫސުމަށް ސަމާލުކަން ދީގެން ކަނޑުދަތުރުފަތުރު ކުރުމަށް ކަމާބެހޭ ފަރާތްތަކުން އިލްތިމާސްކުރެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް