އިބޫ މާލެ ވަޑައިގެންފި

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރިޔަސީ ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިޙް އަމިއްލަ ދަތުރުފުޅެއްގައި ރާއްޖެއިން ބޭރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ރާއްޖެ ވަޑައިގަންނަވައިފިއެވެ....

23 Jul 2018 | 07:47

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރިޔަސީ ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިޙް އަމިއްލަ ދަތުރުފުޅެއްގައި ރާއްޖެއިން ބޭރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ރާއްޖެ ވަޑައިގަންނަވައިފިއެވެ. އަމިއްލަ ދަތުރުފުޅެއްގައި އިނގިރޭސިވިލާތަށް އިބޫ ވަޑައިގެންނެވީ މިމަހުގެ 18 ވަނަ ދުވަހު ދަރިކަނބަލުންގެ ގްރެޖުއޭޝަންގައި ބައިވެރިވެ ވަޑައިގެން ނެވުމަށެވެ.

އިބޫ ރާއްޖެ ވަޑައިގެން ކެމްޕޭންގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

މިއަހަރުގެ ސެޕްޓެމްބަރ މަހުގެ 23 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިޚާބުގައި އިދިކޮޅު ކޯލިޝަނުން ވާދަކުރައްވާ ރިޔާސީ ކެންޑިޑޭޓަކީ އިބޫއެވެ. އިބޫގެ ރަނިންމޭޓަކީ ޖުމްހޫރީ ޕާޓީގެ މެމްބަރެއްކަމަށްވާ ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރ ފައިސަލް ނަސީމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް