ރިޔާސީ އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

ސެޕްޓެމްބަރ މަހުގެ 23 ވަނަ ދުވަހު ބާއްވާ މިއަހަރުގެ ރިޔާސީ އިންތިޚާބަށް ކުރިމަތި ލުމުގެ ފުރުސަތު އިލެކްޝަން ކޮމިޝަނުން ހުޅުވާލައިފިއެވެ. ފުރުސަތު ހުޅުވާލިކަން އިއުލާންކޮށް އިލެކްޝަން ކޮމިޝަނުން ކޮށްފަ...

23 Jul 2018 | 07:30

ސެޕްޓެމްބަރ މަހުގެ 23 ވަނަ ދުވަހު ބާއްވާ މިއަހަރުގެ ރިޔާސީ އިންތިޚާބަށް ކުރިމަތި ލުމުގެ ފުރުސަތު އިލެކްޝަން ކޮމިޝަނުން ހުޅުވާލައިފިއެވެ. ފުރުސަތު ހުޅުވާލިކަން އިއުލާންކޮށް އިލެކްޝަން ކޮމިޝަނުން ކޮށްފައިވާ އިއުލާންގައި ބުނެފައިވަނީ ޖުލައި މަހުގެ 23 ން ފެށިގެން އޮގަސްޓް މަހުގެ 4 ވާ ހޮނިހިރު ދުވަހުގެ 2:00 އާ ހަމައަށް އެފުރުސަތު ހުޅުވާލާފައި ވާކަމުގައެވެ.

ރިޔާސީ އިންތިޚާބަށް ކުރިމަތިލާން އެދޭ މީހުން ރިޔާސީ އިންތިޚާބަށް ކުރިމަތިލުމަށް އެދޭ ފޯމާއި ތަކެތި ހުށަހަޅަންވާނީ އިލެކްޝަން ކޮމިޝަންގެ ތިންވަނަ ފަންގިފިލާއަށެވެ. މިތަކެތި ބަލައިގަތުމަށް ހަމަޖެހިފައިވަނީ ޖުލައި 23 ން އޮގަސްޓް 4 ވާ ހޮނިހިރު ދުވަހުގެ ނިޔަލަށް ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 9:00 ން މެންދުރު ފަހު 2:00 އަށެވެ. އަދި ހުކުރު ދުވަހު ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ މެންދުރު 2:00 ން ހަވީރު 4:00 އަށްކަމަށް އިލެކްޝަން ކޮމިޝަނުން ބުނެއެވެ.

ރައީސުލްޖުމްހޫރިއްޔާ ކަމަށް ކުރިމަތިލާ މީހަކު އެކަމަށް އެދޭ ފޯމާއާއެކު ހުށަހަޅަންޖެހޭ 29 ތަކެތި މިއިއުލާންގައި ބަޔާންކޮށްފައިވެއެވެ.

ރިޔާސީ އިންތިޚާބަށް ކުރިމަތިލާން އެދޭމީހުން ހުށަހަޅަންޖެހޭ އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތީގެ ނަމޫނާ ކޮމިޝަންގެ ރިސެޕްޝަންގެ އިތުރުން ކޮމިޝަންގެ ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެކަމަށް އިލެކްޝަން ކޮމިޝަނުން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް