ދިހަ މީހުންނާއެކު ބަރެސްދޫ ކައިރިއަށް ޑިންގީއެއް ބަންޑުން ޖަހާލައިފި

ދިހަ މީހުންނާއެކު ލ ބަރެސްދޫ ކައިރިއަށް ޑިންގީއެއް ބަންޑުން ޖަހާލުމުން ސިފައިން ހަރަކާތްތެރިވާން ފަށައިފި އެވެ. މީޑިއާއަށް މައުލޫމާތު ދެއްވަމުން އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ކެޕްޓަން އިބްރާހ...

23 Jul 2018 | 05:25

ދިހަ މީހުންނާއެކު ލ ބަރެސްދޫ ކައިރިއަށް ޑިންގީއެއް ބަންޑުން ޖަހާލުމުން ސިފައިން ހަރަކާތްތެރިވާން ފަށައިފި އެވެ.

މީޑިއާއަށް މައުލޫމާތު ދެއްވަމުން އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ ބަރެސްދޫ ކައިރިން ޑިންގީއެއް ބަންޑުން ޖަހާލައިގެން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑް ސްކްޑްރަން އިން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. ހާދިސާގެ ރިޕޯޓް ލިބުނީ 08:52 ގައި ކަމަށެވެ.

"އެމްއެންޑީއެފް ކޯސްޓްގާޑުން މިހާރު ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން. މިހާރު އެމީހުން ތިބީ ކައިރީގައި އޮތް ފަޅު ރަށެއް ކަމަށްވާ މަހަކަންފުށީގައި ޑިންގީ އޮތީ ބަންޑުންޖަހާލާފައި، އެހެންނަމަވެސް އެމީހުން ތިބީ ސަލާމަތުން, ބަންޑުން ޖަހާލި އިރު ޑިންގީގައި ތިބީ އަންހެނަކާއި ނުވަ ފިރިހެނުން" އާޒިމް ވިދާޅުވި އެވެ.

އާޒިމް އިތުރަށް ވިދާޅުވީ ޑިންގީ ބަންޑުން ޖަހާލީ ލ ގަސްގަނޑު ފިނޮޅާއި ބޮޑު ފިނޮޅާއި ދޭތެރެއަށް ކަމަށާއި ސިފައިންނާއި އާންމުން ގުޅިގެން މިހާރު އެމީހުން ވަނީ އެހެން ޑިންގީއެއް ގެނެސް އެ ސަރަހައްދުގައި އޮންނަ ލ. މަހަކަންފުށި ނަމަކަށްކިޔާ ފަޅު ރަށަކަށް ގެންގޮސްފައިކަމަށެވެ. އަދި އެންމެންގެ ހާލުވެސް ރަނގަޅު ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް