ކައިވެނީގެ ރޭ ކިރުތަށި ނުދެވިއްޖެއްޔާ ދެން އެކަމާ އުޅޭނެ ކަމެއް ނެތް: ޑރ. އިޔާޒް

ކައިވެނީގެ ރޭ ކިރުތަށި ނުދެވިއްޖެއްޔާ ދެން އެކަމާ އުޅޭނެ ކަމެއް ނެތްކަމުގައި ޑރ. މުހައްމަދު އިޔާޒް އަބްދުލް ލަތީފް ވިދާޅުވެއްޖެ އެވެ. ޑރ. އިޔާޒް މިހެން ވިދާޅުވެފައިވަނީ އިސްލާމިކް ނޮލެޖް ވައިބަރ ގްރޫޕ...

23 Jul 2018 | 04:23

ކައިވެނީގެ ރޭ ކިރުތަށި ނުދެވިއްޖެއްޔާ ދެން އެކަމާ އުޅޭނެ ކަމެއް ނެތްކަމުގައި ޑރ. މުހައްމަދު އިޔާޒް އަބްދުލް ލަތީފް ވިދާޅުވެއްޖެ އެވެ.

ޑރ. އިޔާޒް މިހެން ވިދާޅުވެފައިވަނީ އިސްލާމިކް ނޮލެޖް ވައިބަރ ގްރޫޕްގައި މީހަކު ކޮށްފައިވާ ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ސުވާލުގައި އަހާފައިވަނީ ކައިވެނީގެ ރޭ ކިރުތަށި ބޯން ހަނދާން ނެތުމުން ދެން ހަދަން ޖެހޭނީ ކިހިނެއްތޯ އެވެ.

ޖަވާބުގައި ޑރ. އިޔާޒް ވިދާޅުވެފައިވަނީ ކައިވެނި ކުރާ ރޭ ފިރިމީހާ ކިރުތަށީގެ އެއްބައި ބޮއިފައި ބާކީބައި އަންހެންމީހާއަށް ބޯންދިނުމަކީ ސުންނަތެއް ކަމަށެވެ. އެރޭ އެކަން ނުކުރެވިއްޖެނަމަ އެކަން ކުރުމުގެ ވަގުތު ފާއިތުވީ ކަމަށެވެ. އަދި ދެން އެކަމާ އުޅޭނެ ކަމެއް ނެތް ކަމަށާއި އެއީ ސުންނަތެއް ކަމަށާއި ވާޖިބު ކަމެއް ނޫން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް