ދެން މާލެ ދާނެ ކަމެއް ނެތް، ކޮސްމެޓިކްސްގެ ހުރިޙާ ރޭންޖެއް ލިބޭނެ ފިހާރައެއް ހުޅުމާޅޭގައި ހުޅުވައިފި

ކޮސްމެޓިކްސްގެ ހުރިހާ ރޭންޖެއް އެއްތަނަކުން ލިބޭނެ ފިހާރައެއް ހުޅުމާލޭގައި ހުޅުވައިފި އެވެ. ހުޅުމާލޭ ބޮޑުމަގުގައި ހުދުމާ އަދި ބައިކް ބިޒް ކައިރީގައި ރޭ އަލަށް ހުޅުވި މި ފިހާރައިގެ ނަމަކީ "ބްލެކް އެން"...

23 Jul 2018 | 04:07

ކޮސްމެޓިކްސްގެ ހުރިހާ ރޭންޖެއް އެއްތަނަކުން ލިބޭނެ ފިހާރައެއް ހުޅުމާލޭގައި ހުޅުވައިފި އެވެ.

ހުޅުމާލޭ ބޮޑުމަގުގައި ހުދުމާ އަދި ބައިކް ބިޒް ކައިރީގައި ރޭ އަލަށް ހުޅުވި މި ފިހާރައިގެ ނަމަކީ "ބްލެކް އެން" އެވެ. މި ފިހާރައަކީ ކޮސްމެޓިކްސް އެންމެ އާދައިގް ޕްރޮޑަކްޓްތަކުން ފެށިގެން އެންމެ މައްޗާއި ހަމައަށް ބޮޑު ރޭންޖަކާއެކު ހުޅުވާފައިވާ ފިހާރަ އެކެވެ.

ކަލަރ ކޮސްމެޓިކްސް ނަން ހުސްކޮށް ގަންނަންލިބޭނެ މި ފިހާރައިގާ، ރާއްޖޭގެ މާކެޓުގައި މިހާރު މަޝްހޫރު ގިނަ ބްރޭންޑްތަކުގެ ސެންޓާއި ރީތިވާ ސާމާނު ހެޔޮ އަގެއްގައި ލިބެން ހުންނާނެ ކަމުގައި އެ ފިހާރައިން ހާމަކުރެ އެވެ.

"ނަން މަޝްހޫރު ބްރޭންޑްތައް ކަމުގައިވާ ހުދާ ބިއުޓީ، ޖެނެޓް، މެކް، ލޯރިއަލް، ރެވެލޯން، މޭބްލިން އަދި ޕައިސްގެ އެކި ވައްތަރުތައް މި ފިހާރައިން ލިބެން ހުންނާނެ" ހިތްގައިމު ލޮކޭޝަނެއްގައި އަލަށް ހުޅުވި މި ފިހާރައައާއި ބެހޭގޮތުން އެ ފިހާރައިން ބުންޏެވެ.

އެ ފިހާރައިން އިތުރަށް ބުނީ މިއީ މޭކަޕް ސާމާނާއި ރީތިވާ ސާމާނު ހޯދުމަށް މާލެއަށް ދާ ދިއުމަށް ނިމުމެއް ގެނުވާނެ ފިހާރައެއް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް