ރާއްޖެއަށް އިންޑިއާއިން ހަދިޔާކުރި ދެ ހެލިކޮޕްޓަރު ފޮނުވާލަން ރާއްޖެއިން ނިންމާފައިވީނަމަވެސް ޑިސެމްބަރާއި ހަމައަށް އެ ހެލިކޮޕްޓަރުތައް ރާއްޖޭގައި ބެހެއްޓޭތޯ އިންޑިއާއިން މަސައްކަތް ކުރަމުން އަންނަކަމުގައި އިންޑިއާގެ ނޫސްތަކުން ބުނެފި އެވެ.
އެގޮތުން ޓައިމްސް އޮފް އިންޑިއާގައި ރިޕޯޓްކޮށްފައިވާގޮތުގައި މި ދެ ހެލިކޮޕްޓަރާއި ދެ ހެލިކޮޕްޓަރ އޮޕަރޭޓް ކުރުމުގައި ހަރަކާތްތެރިވާ 48 މީހުން އިންޑިއާއަށް ގެނައުން ޑިސެމްބަރާއި ހަމައަށް ފަސްކުރެވޭތޯ އިންޑީއާއިން އަންނަނީ މަސައްކަތް ކުރަމުންނެވެ.
އިންޑިއާގެ ނޫސްތަކުގައި ކުރިން ބުނެފައިވާގޮތުގައި ހެލިކޮޕްޓަރުތަކާއި އެމީހުން އިންޑިއާއަށް ގެންދަން ރާއްޖެއިން އެންމެ ފުރަތަމަ މުހުލަތު ދިނީ ޖޫން މަހުގެ ނިޔަލަށެވެ. އަދި ފަހުން އެ މުއްދަތު 15 ދުވަހަށް އިތުރު ކުރި އެވެ. އިތުރު ކުރި މުއްދަތު މިހާރު ފަހަނައަޅާގޮސްފައިވާއިރު އަދިވެސް އެ ދެ ހެލިކޮޕްޓަރާއި މީހުން ގެންގޮސްފައެއް ނުވެ އެވެ.
އިންޑިއާ ސަރުކާރުގެ އޮފިޝަލަކާ ހަވާލާދީ ޓައިމްސް އޮފް އިންޑިއާގައި އިއްޔެ ރިޕޯޓްކޮށްފައިވާގޮތުގައި އެ މީހުންގެ ވިސާ މުއްދަތު އިތުރު ކުރުމާއި ހެލިކޮޕްޓަރުތައް ރާއްޖޭގައި އަދި ބެހެއްޓުމާއިމެދު އިންޑިއާ ސަރުކާރުން އަންނަނީ މަޝްވަރާ ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް