ތުރުކީވިލާތުން މިއަހަރު ހައްޖުގެ އަޅުކަންއަދާކުރަން ދާ ފުރަތަމަ ބެޗު މަދީނާއަށް ގޮސްފި އެވެ.
ތުރުކީން މިއަހަރު ހައްޖަށްދިޔަ ފުރަތަމަ ބެޗަށް ސައުދީން ހޫނު މަރުހަބާއެއް ކިޔާފައިވާއިރު ބައެއް ގައުމުތަކުން މިއަހަރުގެ ހައްޖުގެ އަޅުކަން އަދާކުރުމަށް މަދީނާއަށް މިހާރު ވަނީ ގޮސްފައި އެވެ.
އެގޮތުން އިރާނާއި އިންޑޮނޭޝިޔާއިން މީހުން މިހާރު ހައްޖުގެ އަޅުކަން އަދާކުރުމަށް މަދީނާއަށް ވަނީ ގޮސްފަ އެވެ.
މިއަހަރުގެ ހައްޖުގެ އަޅުކަމަށް ވަރަށް ބޮޑަށް ތައްޔާރުވެފައިވާނެ ކަމަށާއި ހުރިހާ ހައްޖުވެރިންނަށްވެސް އެންމެ އެކަށީގެނެ ރަނގަޅު ފެންވަރެއްގެ ހިދުމަތެއް ދިނުމަށް މަސައްކަތްކުރާނެކަމުގައި ސައުދީން ވަނީ ބުނެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް