ރަށެއްގައި އުމުރުން 16 އަހަރުގެ އަންހެން ކުއްޖަކު ވިހައިފި، ބައްޕަގެ އުމުރަކީ 15 އަހަރު

މާލެއިން އުތުރުގެ ރަށެއްގައި އުމުރުން 16 އަހަރުގެ އަންހެން ކުއްޖަކު ވިހައިފިއެވެ. އަދި އެ ކުއްޖާގެ ބައްޕަގެ އުމުރަކީ 15 އަހަރު ކަމުގައި މައުލޫމާތު ލިބިއްޖެއެވެ. އެ ރަށު ކައުންސިލްގެ މެމްބަރަކުވެސް ދުވ...

23 Jun 2019 | 17:29

މާލެއިން އުތުރުގެ ރަށެއްގައި އުމުރުން 16 އަހަރުގެ އަންހެން ކުއްޖަކު ވިހައިފިއެވެ. އަދި އެ ކުއްޖާގެ ބައްޕަގެ އުމުރަކީ 15 އަހަރު ކަމުގައި މައުލޫމާތު ލިބިއްޖެއެވެ.

އެ ރަށު ކައުންސިލްގެ މެމްބަރަކުވެސް ދުވަހަށް މިކަން ކަށަވަރު ކޮށްދިނެވެ.

އެ ރަށުން ވާހަކަދެއްކި އެހެން މީހަކު ބުނީ މިކަމެއް ހިނގީ މިދިޔަ ހަފްތާގެ ތެރޭގައި ކަމަށާއި އެ އަންހެންކުއްޖާއަކީ މިދިޔަ އަހަރު އޯލެވެލް ނިންމި ކުއްޖެއް ކަމަށެވެ. ފިރިހެން ކުއްޖާ އަކީ މިހާރު އޯލެވެލްގައި ކިޔަވަމުން އަންނަ ކުއްޖެއް ކަމަށެވެ.

16 އަހަރުގެ އެ ކުއްޖާ އެ ރަށު ހޮސްޕިޓަލުން ދޫކޮށްލާފައިވާއިރު ދެމައިންގެ ހާލުވެސް ރަނގަޅު ކަމަށް މައުލޫމާތު ލިބެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް