ގެއްލިގެން ހޯދާ ކުއްޖާ އަކީ ދައުލަތުގެ ބެލުމުގެ ދަށުގަ ހުރި ކުއްޖެއް !

މިހާރު ގެއްލިގެން ހޯދަމުން އަންނަ އުމުރުން 14 އަހަރުގެ ކުއްޖާ އަކީ ކުޑަކުދިންގެ ހިޔާއިން ފިލައިގެން އުޅޭ ކުއްޖެއް ކަމުގެ މައުލޫމާތު ދުވަހަށް ލިބިއްޖެއެވެ. މި މައުލޫމާތު ދުވަހަށް ލިބިފައިވަނީވެސް ވަރަށ...

23 Jun 2019 | 15:45

މިހާރު ގެއްލިގެން ހޯދަމުން އަންނަ އުމުރުން 14 އަހަރުގެ ކުއްޖާ އަކީ ކުޑަކުދިންގެ ހިޔާއިން ފިލައިގެން އުޅޭ ކުއްޖެއް ކަމުގެ މައުލޫމާތު ދުވަހަށް ލިބިއްޖެއެވެ.

މި މައުލޫމާތު ދުވަހަށް ލިބިފައިވަނީވެސް ވަރަށް މުއުތަބަރު ފަރާތަކުންނެވެ.

އެހެން ނަމަވެސް ޖެންޑަރ މިނިސްޓްރީން މިކަން ދޮގު ކުރެއެވެ. ޖެންޑަރ މިނިސްޓްރީން މިއަދު ދުވަހަށް ވިދާޅުވީ އެއީ ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި ކުއްޖެއް ނޫން ކަމަށެވެ.

ފުލުހުން ބުނަނީ މިކަމުގައި އެއްވެސް މައުލޫމާތެއް ހިއްސާ ކުރެވެން ނެތް ކަމަށެވެ.

ގެއްލިގެން ހޯދަމުންދާ ކުއްޖަކީ ދަފްތަރު ނަންބަރު ރސ 2997 ، ޝައިމް ޢަބްދުﷲ (14އ) އެވެ.

ފުލުހުން ބުނެފައިވާގޮތުގައި މި ކުއްޖާ ގެއްލިގެން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މި ޖޫން މަހުގެ 18 ވަނަ ދުވަހުގެ 09:29 ހާއިރުއެވެ.

އަދި މިހާތަނަށްވެސް މި ކުއްޖާ ނުފެންނަ ކަމަށް ފުލުހުން ބުނެއެވެ.

ޝައިމް ޢަބްދުﷲއާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިވަޑައިގެންފައިވާ ފަރާތެއްވާނަމަ ލަސްނުކުރައްވައި އެމަޢުލޫމާތެއް ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓުގެ ޑިއުޓީ ނަންބަރ 3000600 އަށް ގުޅުއްވައި ހިއްސާކޮށްދެއްވުން ފުލުހުން އެދެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް