މިދިޔަ ހަފްތާގެ އަންގާރަ (18 ޖޫން) އިން ފެށިގެން ގެއްލިގެން ހޯދަމުން އަންނަ 14 އަހަރުގެ ފިރިހެން ކުއްޖާގެ ފަހުގެ ފޮޓޯއެއް ފުލުހުން އާންމުކޮށްފިއެވެ.
ގެއްލިގެން ހޯދަމުންދާ ކުއްޖަކީ ދަފްތަރު ނަންބަރު ރސ 2997 ، ޝައިމް ޢަބްދުﷲ (14އ) އެވެ.
ކުރިން އާންމުކޮށްފައިވަނީ އެ ކުއްޖާގެ ވަރަށް ކުޑައިރުގެ ފޮޓޯއެކެވެ. ނަމަވެސް މިއަދު އިރު އޮއްސި 06:30 ހާއިރު ފުލުހުން ވަނީ މި ކުއްޖާގެ ފަހުގެ ފޮޓޯއެއް އާންމުކޮށްފައެވެ.
ފުލުހުން ބުނެފައިވާގޮތުގައި މި ކުއްޖާ ގެއްލިގެން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މި ޖޫން މަހުގެ 18 ވަނަ ދުވަހުގެ 09:29 ހާއިރުއެވެ.
އަދި މިހާތަނަށްވެސް މި ކުއްޖާ ނުފެންނަ ކަމަށް ފުލުހުން ބުނެއެވެ.
ވީމާ ޝައިމް ޢަބްދުﷲއާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިވަޑައިގެންފައިވާ ފަރާތެއްވާނަމަ ލަސްނުކުރައްވައި އެމަޢުލޫމާތެއް ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓުގެ ޑިއުޓީ ނަންބަރ 3000600 އަށް ގުޅުއްވައި ހިއްސާކޮށްދެއްވުން ފުލުހުން އެދެއެވެ.
ގެއްލިގެން ހޯދަމުން އަންނަ ކަމާއި އުމުރާއި ނަމާއި ފޮޓޯ ފިޔަވައި އިތުރު މައުލޫމާތެއް މިކަމުގައި ފުލުން އަދި ހާމައެއް ނުކުރެއެވެ. ފުލުހުން ބުނަނީ ކުޑަކުއްޖެއްގެ މައްސަލައެއް ކަމުން އިތުރު މައުލޫމާތު ހާމަކުރެވެން ނެތްކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް