ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ބައްދަލުކުރައްވައިފިއެވެ.
ރައީސް ނަޝީދާއި މިނިސްޓަރު ނަހުލާގެ މި ބައްދަލުކުރެއްވުން މިއަދު ކުރިއަށްގެންގޮސްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އިދާރާގައެވެ.
މި ދެބޭފުޅުންގެ ބައްދަލުކުރެއްވުމުގެ ތަފްސީލު ރައްޔިތުންގެ މަޖިލީހުން ހިއްސާކޮށްފައެއް ނުވެއެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މީޑިއާ ޑިޕާޓްމެންޓުން ފޯނު ނުނަންގަވާތީ މި ބައްދަލުވުމާއި ގުޅޭ މައުލޫމާތެއް ލިބޭގޮތް ވަނީ ނުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް