ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ޝަރުތު ހަމަވޭތޯ ބަލަން އެޖެންޑާ ކޮށްފި

ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ ޝަރުތު ހަމަވޭތޯ ބެލުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީއިން) އެ މައްސަލަ މާދަމައަށް އެޖެންޑާ ކޮށްފިއެވެ. މިކަމާއި ގުޅޭގޮތުން ޖޭއެސްސީން އަދި ރަސްމީ ބަހެއް ނުބުނެ...

23 Jun 2019 | 12:29

ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ ޝަރުތު ހަމަވޭތޯ ބެލުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީއިން) އެ މައްސަލަ މާދަމައަށް އެޖެންޑާ ކޮށްފިއެވެ.

މިކަމާއި ގުޅޭގޮތުން ޖޭއެސްސީން އަދި ރަސްމީ ބަހެއް ނުބުނެއެވެ. ނަމަވެސް މި މައްސަލަ އެޖެންޑާ ކޮށްފައިމިވަނީ އެ ފަނޑިޔާރުންގެ ޝަރުތު ހަމަވޭތޯ ބެލުމަށް ޖޭއެސްސީއަށް ހުށަހެޅުމަށް ރައްޔިތުންގެ މަޖިލީހުން ގަރާރެއް ފާސްކޮށްފައިވަނިކޮށެވެ.

މި މައްސަލަ އެޖެންޑާކޮށްފައިވާއިރު ދާދިފަހުން މަޖިލީހުގެ ކޮމިޓީއެއްގައި ޖޭއެސްސީން ބުނެފައިވާގޮތުގައި މިކަން އޮތީ މިހާތަނަށް ކުރިއަށް ނުގެންގޮހެވެ. ނަމަވެސް ގާނޫނު އަސާސީގެ 285 ވަނަ މާއްދާގައި ބުނެފައިވާގޮތުގައި އެ ގާނޫނު އަސާސީއަށް އަމަލުކުރަން ފަށާއިރު ތިބި ފަނޑިޔާރުންގެ ކިބައިގައި ފުރިހަމަ ވާންޖެހޭ ޝަރުތުތައް ފުރިހަމަތޯ، ދެ އަހަރު ދުވަސްތެރޭގައި ކަނޑައަޅަންޖެހެއެވެ.

ސުޕްރީމް ކޯޓުގައި މިހާރު ތިއްބެވި ފަސް ފަނޑިޔާރުންނަކީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އަބްދުﷲ އަރީފާއި ފަނޑިޔާރު އާދަމް މުހައްމަދާއި ފަނޑިޔާރު އަބްދުﷲ ދީދީގެ އިތުރުން ފަނޑިޔާރު އަބްދުލްޢަނީ މުހައްމަދެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް