ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ސިންގަލް ޔޫސް ޕްލާސްޓިކް ފުޅި ބޭނުންކުރުން ހުއްޓާލައިފިއެވެ.
އެ ކޯޓުން ބުނެފައިވާގޮތުގައި އެ ނިންމުމަކީ ސިންގަލް ޔޫސް ޕްލާސްޓިކް މަދުކުރުމުގެ ޤައުމީ ކެމްޕެއިންގައި ބައިވެރިވުމުގެގޮތުން ނިންމި ނިންމުމެކެވެ.
އެގޮތުން 2019 ޖޫން 23 ވަނަ ދުވަހުން ފެށިގެން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ސިންގަލް ޔޫސް ޕްލާސްޓިކް ފުޅި ބޭނުންކުރުން ވަނީ ހުއްޓާލެވިފައި ކަމަށް ބުނެފައިވެއެވެ.
ސިންގަލް ޔޫސް ޕްލާސްޓިކް ފުޅި ބޭނުންކުރުން ހުއްޓާލުމުގެގޮތުން ސުޕްރީމް ކޯޓުގެ ހުރިހާ މުވައްޒަފުންނަށް ފެން އަޅާ ރީޔޫސަބަލް ބިއްލޫރި ފުޅި މިހާރު ވަނީ ޙަވާލުކުރެވިފައި ކަމުގައިވެސް ސުޕްރީމް ކޯޓުން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް