ވިސާގެ މުއްދަތު ހަމަވެފައިވާ 291 ދިވެއްސަކު ލަންކާއިން ޑީޕޯޓް ކޮށްލަނީ

ވިސާގެ މުއްދަތު ހަމަވެ ވިސާގެ މުއްދަތު އިތުރުކޮށްފައިނުވާ 291 ދިވެއްސަކު ޑީޕޯޓް ކޮށްލަން ނިންމާފައިވާކަން ލަންކާއިން ހާމަކޮށްފިއެވެ. މި 291 ދިވެހިން ހިމެނޭހެން އެކި ގައުމުތަކަށް ނިސްބަތްވާ 7900 މީހަކު...

23 Jun 2019 | 09:17

ވިސާގެ މުއްދަތު ހަމަވެ ވިސާގެ މުއްދަތު އިތުރުކޮށްފައިނުވާ 291 ދިވެއްސަކު ޑީޕޯޓް ކޮށްލަން ނިންމާފައިވާކަން ލަންކާއިން ހާމަކޮށްފިއެވެ.

މި 291 ދިވެހިން ހިމެނޭހެން އެކި ގައުމުތަކަށް ނިސްބަތްވާ 7900 މީހަކު ޑީޕޯޓްކޮށްލަން ނިންމައިވާކަމަށް ބުނެފައިވެއެވެ.

އެގޮތުން އިންޑިއާއަށް ނިސްބަތްވާ 1680، ޕާކިސްތާނަށް ނިސްބަތްވާ 936، ޗައިނާއަށް ނިސްބަތްވާ 683، ބަންގްލަދޭޝްއަށް ނިސްބަތްވާ 152 އަދި ޖަޕާނަށް ނިސްބަތްވާ 42 މީހަކު ޑީޕޯޓްކޮށްލަން ނިންމާފައިވާކަމަށް ބުނެފައިވެއެވެ.

މީގެ އިތުރުން ނެދަލެންޑަށް ނިސްބަތްވާ 541 މީހަކާއި ޔޫކްރޭނަށް ނިސްބަތްވާ 167 މީހަކާއި ސައުދީ އަރަބިއްޔާއަށް ނިސްބަތްވާ 172 މީހަކާއި ރަޝިޔާއަށް ނިސްބަތްވާ 157 މީހަކާއި ލުބުނާނަށް ނިސްބަތްވާ 157 މީހަކާއި އޮސްޓްރޭލިއާއަށް ނިސްބަތްވާ 155 މީހަކާއި ނައިޖީރިއާއަށް ނިސްބަތްވާ 130 މީހަކާއި ފްރާންސަށް ނިސްބަތްވާ 110 މީހެއްގެ އިތުރުން އިނގިރޭސިވިލާތަށް ނިސްބަތްވާ 44 މީހަކު ހިމެނޭކަމަށްވެސް ރިޕޯޓްކޮށްފައިވެއެވެ.

ރިޕޯޓްކޮށްފައިވާގޮތުގައި 7900 މީހުން ޑީޕޯޓްކޮށްލުމަށް ފަންޑު ހަމަޖެއްސުމަށް ކެބިނެޓަށް މިހާރު ވަނީ ހުށަހަޅާފައެވެ. އަދި ކެބިނެޓުން އެކަން ހަމަޖެހުމާއެކު ޑީޕޯޓް ކޮށްލާނެކަމަށްވެސް ބުނެފައިވެއެވެ.

ލަންކާގެ އިމިގްރޭޝަން ކޮންޓްރޯލަރ ޖެނެރަލް ޕަސާން ރަތުނަޔަކައާއި ހަވާލާދީ ރިޕޯޓްކޮށްފައިވާގޮތުގައި ކެބިނެޓުން އެ އިންތިޒާމު ހަމަޖެހުމާއެކު އެ އެންމެން ކޮލޮމްބޯއަށް ގެންދެވޭނެއެވެ. އަދި ޑީޕޯޓް ކުރުމުގެ މަސައްކަތް އެހިސާބުން ފެށިގެން ދާނެއެވެ.

ވިސާގެ މުއްދަތު ހަމަވެ ވިސާގެ މުއްދަތު އިތުރު ނުކޮށް މިހާ ގިނަ މީހުން ލަންކާގައި އުޅެމުން އަންނަކަން ހާމަވެފައިމިވަނީ ލަންކާގައި ދިން ބޮމުގެ ހަމަލާތަކާއި ގުޅިގެން ކުރިއަށްގެންދިޔަ ބަލާ ފާސްކުރުންތަކުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް