ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހާއި، އަނބިކަނބަލުން ފަޒްނާ އަޙުމަދު ސިންގަޕޫރަށް ވަޑައިގަންނަވަން ހަމަޖެހިއްޖެއެވެ.
މި މަހުގެ 29 ވަނަ ދުވަހުން ފެށިގެން އަންނަ ޖުލައި މަހުގެ 2 ގެ ނިޔަލަށް ކުރައްވާ މި ދަތުރުފުޅުގައި، ބައެއް ވަޒީރުން ވެސް ބައިވެރިވެވަޑައިގަންނަވާނެ އެވެ.
ސިންގަޕޫރުގެ ރައީސާ، ހަލީމާ ޔަޢުގޫބްގެ ދަޢުވަތަކަށް ކުރައްވާ މި ދަތުރުފުޅަކީ، ރައީސްކަމުގެ މަގާމާއި ހަވާލުވެވަޑައިގަތްފަހުން ރައީސް ސިންގަޕޫރަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.
މީގެ ކުރިން އަމިއްލަ ދަތުރުފުޅެއްގައި ރައީސް ވަނީ ސިންގަޕޫރަށް ނުރަސްމީ ދަތުރުފުޅަކު ވަޑައިގެންފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް