މޫނު ބުރުގާ އަޅައިގެން ތިބި ދެ މީހަކު ރެޑްވޭވް ފިހާރައަކުން ވައްކަން ކުރަނިކޮށް ފަޅާއަރައިގެން ރޭ ވަނީ ދެ މީހަކު ހައްޔަރުކޮށްފައެވެ.
މި ދެ މީހުންނަކީ ދެ އަންހެނުންކަން ފުލުހުން ވަނީ ދުވަހަށް ކަށަވަރުކޮށްދީފައެވެ. ފުލުހުން ވަނީ މި ދެމީހުން ރޭ ހައްޔަރުކޮށްފައެވެ. މި ދެމީހުން މިހާރުވެސް ތިބީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
މީގެ އިތުރުން، މި ދެ ވަގުން ވަގަށް ނަގާފައި ވަނީ ކޮސްމެޓިކްސް ކަމަށާއި، އެތަކެތި މިހާރު ވެރިފަރާތާއި ހާވާލުކުރެވިފައި ވާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
މި ދެ އަންހެނުން ވައްކަން ކޮށްފައިވަނީ ރޭ 10:10 ހާއިރު، މަޖީދީ މަގު، ގަލޮޅުގައި ހުރި ރެޑްވޭވް ފިހާރައިންނެވެ. ފުލުހުން މިހާރު މިމައްސަލަ ދަނީ ތަޙުޤީޤު ކުރަމުންނެވެ.
މޫނުބުރުގާ އެޅި ދެ އަންހެނުން ރޭ ވައްކަންކޮށްފައިވާއިރު، މިދިޔަ ހަފްތާގެ ތެރޭގައި ދެމަފިރިއަކު ވެސް ވަނީ މީހަކު ހަނދާންނެތިގެން ބާއްވާފައި ދިޔަ ވޮލެޓަކުން ވިޔަފާރިކޮށް، އެ ވޮލެޓު ވަގަށް ނަގާފައެވެ. ނަމަވެސް އެ ދެމަފިރިން ފަހުން ވަނީ ވީޑިއޯ އާންމުވުމުން އެ ވޮލެޓު ފުލުހުންނާއި ހަވާލުކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް