އާއްމު ފާހާނާއެއްގެ ތެރޭގައި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ

މާލޭ އާއްމު ފާހާނައެއްގެ ތެރޭގައި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ އެވެ. ދުވަހަށް މައުލޫމާތުދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މަރުވެފައިވަނީ 54 އަހަރުގެ ފިރިހެނެއް ކަމަށާއި އެ ފާހާނައިގެ...

23 Jun 2019 | 07:23

މާލޭ އާއްމު ފާހާނައެއްގެ ތެރޭގައި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.

ދުވަހަށް މައުލޫމާތުދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މަރުވެފައިވަނީ 54 އަހަރުގެ ފިރިހެނެއް ކަމަށާއި އެ ފާހާނައިގެ ގޮނޑިއެއްގައި އިން މީހަކު މަރުވެފައިވާކަމުގެ ރިޕޯޓް ލިބިފައިވަނީ މިއަދު ހެނދުނު 10:35 ހާއިރު ކަމަށެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި އާއްމު އެ ފާހާނާއަކީ ކުރީގެ އިސްލާމިކް ބޭންކް ކައިރިން މަސްވެރިންގެ ޕާކާއި ދިމާއަށް ނިކުންނަން އޮންނަ މަގުގައި ހުންނަ އާއްމު ފާހާނާއެވެ.

އެމީހާ މަރުވެފައިވާކަން ޑޮކްޓަރުން ފުލުހުންނަށް ކަށަވަރުކޮށްދީފައިވާކަމަށް ފުލުހުން ބުނެއެވެ. އަދި ބޭރުފުށުން އެއްވެސް އަނިޔާއެއް ފެންނަން ނެތްކަމުގައިވެސް ފުލުހުން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް