މަސްތުވާތަކެއްޗާއި އެކު ރިސޯޓަކުން މީހަކު ހައްޔަރުކޮށްފި

ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި އެކު ރިސޯޓަކުން މީހަކު ހައްޔަރުކޮށްފައި ވާކަމަށް ފުލުހުން ހާމަކޮށްފިއެވެ. މައުލޫމާތު ލިބޭގޮތުގައި މިއީ ރ. އަތޮޅު ރިސޯޓެކެވެ. ރ.މީދޫ ޕޮލިސް ސްޓޭޝަނުގެ ފުލުހުން، މަސްތ...

23 Jun 2019 | 07:03

ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި އެކު ރިސޯޓަކުން މީހަކު ހައްޔަރުކޮށްފައި ވާކަމަށް ފުލުހުން ހާމަކޮށްފިއެވެ.

މައުލޫމާތު ލިބޭގޮތުގައި މިއީ ރ. އަތޮޅު ރިސޯޓެކެވެ. ރ.މީދޫ ޕޮލިސް ސްޓޭޝަނުގެ ފުލުހުން، މަސްތުވާތަކެއްޗާއި އެކު ހައްޔަރުކޮށްފައި ވަނީ އުމުރުން 30 އަހަރުގެ މީހެކެވެ. މި މީހާ ފުލުހުން ހައްޔަރުކޮށްފައި ވަނީ މިމަހުގެ 21 ވަނަ ދުވަހުއެވެ.

ފުލުހުން މައުލޫމާތުދޭ ގޮތުގައި، އެރިސޯޓުގައި މިމީހާ ދިރިއުޅޭ ކޮޓަރި ބަލައިފާސްކުރިއިރު، މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 164 ސެލޯފިންކޮޅު ވަނީ ފެނިފައިވެއެވެ.

މި މައްސަލާގައި ހައްޔަރުކުރި މީހާގެ ބަންދަށް ރ.މީދޫ މެޖިސްޓްރޭޓް ކޯޓުން ވަނީ 15 ދުވަހުގެ މުއްދަތެއް ދީފައެވެ. މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް