“ ގޮށްރާޅު” ސާކް ފިލްމު ފެސްޓިވަލަށް، ވާދަކުރަނީ “ ޕަދުމާވަތު” އާ

ޑާކްރެއިން އެންޓަޓެއިންމެންޓްގެ "ގޮށްރާޅު"، ނުވަ ވަނަ ސާކް ފިލްމް ފެސްޓިވަލްގައި ބައިވެރިކުރަން ނިންމައިފިއެވެ. މި އަހަރުގެ އެންމެ ކާމިޔާބު އެއް ފިލްމް "ގޮށްރާޅު" މި ފެސްޓިވަލްގައި ބައިވެރިކުރަން ނިން...

23 Jun 2019 | 06:34

ޑާކްރެއިން އެންޓަޓެއިންމެންޓްގެ "ގޮށްރާޅު"، ނުވަ ވަނަ ސާކް ފިލްމް ފެސްޓިވަލްގައި ބައިވެރިކުރަން ނިންމައިފިއެވެ.

މި އަހަރުގެ އެންމެ ކާމިޔާބު އެއް ފިލްމް "ގޮށްރާޅު" މި ފެސްޓިވަލްގައި ބައިވެރިކުރަން ނިންމާފައިވާއިރު، މި ފިލްމް ވާދަ ކުރާނީ އިންޑިއާގައި މިފަހުން އެންމެ ވައިގައި ހިފި ކާމިޔާބު ފިލްމް "ޕަދްމާވަތު" އާއެވެ. ޑާކްރެއިން އިން ބުނީ، މި ފިލްމާއި ވާދަކޮށްލަން ލިބުނުކަމީ ލިބުނު ޝަރަފެއް ކަމުގައެވެ.

"ގޮށްރާޅު" ފިލްމަކީ ޑާކްރެއިން އިން މިހާތަނަށް ނެރުނު ފިލްމްތަކުގެ ތެރެއިން އެންމެ ކާމިޔާބު އެއް ފިލްމް ކަންވެސް ފާހަގަކޮށްލެވެއެވެ. މި ފިލްމުގެ ތަރިންގެ ގޮތުގައި، ޖުމައްޔިލް ނިމާލް، ނުޒުހަތު ޝުވައިބު ފެނިގެން ދާއިރު، އަލަށް ފިލްމީ ދާއިރާ އަށް ފަންނާނުންތަކެއް ވަނީ ތަޢާރަފް ކޮށްފައެވެ. އޭގެތެރޭގައި، ހަސަން އިރުފާން (ޒަކިއްޓޭ)، ތަސްނީމާ އަދި އާޝާ ހިމެނެއެވެ.

މުޙައްމަދު އަލީ (މޮގާ) ޕްރޮޑިއުސްކޮށް، އަހްމަދު ޝިނާން ޑައިރެކްޓްކުރި މި ފިލްމް ސާކް ފިލްމް ފެސްޓިވަލްގައި ބައިވެރިކުރާއިރު، މި ފެސްޓިވަލް ފެށޭނީ އަންނަ މަހުގެ ދެވަނަ ދުވަހުއެވެ. މީގެ ކުރިންވެސް ރާއްޖޭގެ ފިލްމްތައް ވަނީ މި ފެސްޓިވަލްގައި ބައިވެރިކޮށްފައެވެ. އަދި ރަން ވަނަ ތަކެއްވެސް ވަނީ ހޯދާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް