ނިމިދިޔަ ހަފްތާގެ ތެރޭގައި 1014 ވެހިކަލުގައި ސްޓިކާ ޖަހާފައިވާކަމަށް ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
މި މުއްދަތަކީ މިމަހުގެ 15 އިން ފެށިގެން މިމަހުގެ 21 ވަނަ ދުވަހުގެ ނިޔަލެވެ. މި މުއްދަތުގައި ނުގަވާއިދުން ޕާކްކޮށްގެން ހާހަކަށްވުރެ ގިނަ އުޅަނދުގައި ސްޓިކާ ޖަހާފައިވާއިރު، ފުރަތަމަ ފަހަރަށް ޖޫރިމަނާ ކުރަނީ 250 ރުފިޔާއިންނެވެ. ދެވަނަ ފަހަރަށް 500 ރުފިޔާއިން ޖޫރިމަނާ ކުރާއިރު، ތިން ވަނަ ފަހަރަށް ޖޫރިމަނާ ކުރަނީ 750 ރުފިޔާ އަށެވެ.
https://twitter.com/PoliceMv/status/1142628894651981827
ފުލުހުން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާގޮތުގައި، މި މުއްދަތުގެ ތެރޭގައި މާލެ ސަރަހައްދުގައި 42 އެކްސިޑެންޓެއް ވަނީ ހިނގާފައެވެ. އޭގެތެރެއިން އަނިޔާވެފައި ވަނީ 4 މީހަކަށެވެ.
މި މުއްދަތުގެ ތެރޭގައި 467 ވެހިކަލެއް ފުލުހުން ވަނީ ހުއްޓުވައިގެން ބަލާ ފާސްކޮށްފައެވެ. އޭގެތެރެއިން ލައިސަންސް ކާޑު ނެތް 69 މީހަކު ހިފެހެއްޓި ކަމަށާއި، ލައިސަންސް ނެތް 146 މީހަކު ހިފެހެއްޓި ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް