ކެޓްރީނާ ލައިގެން މިހުރި ޓީޝާޓްގެ އަގު އިނގޭތަ؟

ކެޓްރީނާ ކައިފްގެ އެއާޕޯޓް "ލުކް" އަކީ ގިނަ ފޭނުންނަށް ވަރަށް ކަމުދާ ފެނިލުމެކެވެ. ވަރަށް އާދައިގެ ގޮތަކަށް ހެދުން އަޅި ނަމަވެސް، މުޅިންވެސް ކެޓްރީނާ އެފަދަ ތަންތަނުން ފެނިގެންދަނީ އަގުބޮޑެތި އަދި ބްރ...

23 Jun 2019 | 05:33

ކެޓްރީނާ ކައިފްގެ އެއާޕޯޓް "ލުކް" އަކީ ގިނަ ފޭނުންނަށް ވަރަށް ކަމުދާ ފެނިލުމެކެވެ. ވަރަށް އާދައިގެ ގޮތަކަށް ހެދުން އަޅި ނަމަވެސް، މުޅިންވެސް ކެޓްރީނާ އެފަދަ ތަންތަނުން ފެނިގެންދަނީ އަގުބޮޑެތި އަދި ބްރޭންޑެޑް ހެދުންތަކުންނެވެ.

ދާދީ ފަހުން ކެޓްރީނާ އެއާޕޯޓުން ފެނިގެން ދިޔައީ ފިޔާތޮށި ކުލައިގެ "ސްވެޓްޝާޓް" އެއް ލައިގެން ހުއްޓައެވެ. ގޫޗީ ބްރޭންޑްގެ މި ޓީޝާޓްގެ އަގަކީ 1.5 ލައްކަ އިންޑިއާ ރުޕީސް އެވެ.

ފިޔާތޮށި ކުލަޔަކީ ކެޓްރީނާ އަށް ވަރަށް ކަމުދާ ކުލަޔެއްކަން ފާހަގަކުރެވެއެވެ. ކެޓްރީނާ ގިނައިން ފެނިގެން ދަނީ ވެސް ފިޔާތޮށި ކުލައިގެ ހެދުންތަކުންނެވެ. ނުވަތަ ފިޔާތޮށި ކުލަޔާއި ގުޅުން ހުރި ކުލައަކުންނެވެ.

35 އަހަރުގެ ކެޓްރީނާ އެންމެ ފަހުން ފެނިގެން ދިޔައީ ކުރީގެ ލޯބިވެރިޔާ ސަލްމާން ޚާންގެ، ބާރަތު ފިލްމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް