ނުކުޅަދުންތެރިކަން ހުންނަ ފަރާތްތަކަށް މުހިންމީ ސްމާޓް ސިޓީތަކެއް: ޒެނީޝާ

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް "އެކްސެސިބިލިޓީ" އާއި "އިންކުލޫސިވިޓީ" ކަށަވަރު ކޮށްދިނުމަށް އެންމެ ބޭނުން އެއް ވަސީލަތަކީ ސްމާޓް ސިޓީ ތަކެއް ކަމަށް ޖެންޑާ މިނިސްޓަރު ޒެނީޝާ ޝަހީދު ޒަކީ ވިދާޅުވ...

23 Jun 2018 | 14:57

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް "އެކްސެސިބިލިޓީ" އާއި "އިންކުލޫސިވިޓީ" ކަށަވަރު ކޮށްދިނުމަށް އެންމެ ބޭނުން އެއް ވަސީލަތަކީ ސްމާޓް ސިޓީ ތަކެއް ކަމަށް ޖެންޑާ މިނިސްޓަރު ޒެނީޝާ ޝަހީދު ޒަކީ ވިދާޅުވެއްޖެއެވެ.

މިއަދު ހޮޓެލް ޖެންގައި ފެށުނު "ޕްރޮމޯޓިން ޑިސްއެބިލިޓީ އިންކުލޫސިވް ށިވޮލޮޕްމެންޓް ފޯރަމް" ގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ސައިންސް އެންޑް ޓެކްނޮލޮޖީގެ ސަބަބުން ދިވެހިންގެ ޢާންމު ދިރިއުޅުމުނަށް ބޮޑެތި ބަދަލު ތަކެއް އައިސްފައިވާ ކަމަށާއި، މި ފަދަ ޚިދުމަތްތައް ފުރިހަމަވެފައިވާ ސިޓީތަކެއް ނުވަތަ ރަށްތަކެއް އުފެއްދުމަށް ސަރުކާރުން ފުޅާ ދާއިރާއެއްގައި އެކި ފަރާތްތަކާއި މަޝަވަރާކޮށްފައިވާނެ ކަމަށެވެ. އަދި ސްމާޓް ސިޓީގެ ސިޔާސަތަކީ ހަމައެކަނި އިންފޯމޭޝަން ޓެކްނޮލޮޖީގެ ވަސީލަތްތައް ފަސޭހައިން ލިބޭ މަގު ފަހިކުރުން ކަމަުގައި ނުވާތީ، ހުޅުމާލެއަކީ ހުރިހާ ފަރާތްތަަކަށް އިޖުތިމާޢީ އަދި ޢިޤްތިސާދީ ގޮތުން އެކްސެސްވެވޭ ތަނަކަށް ހެދުމަށް ސަރުކާރުން އިސްކަމެއް ދެއްވާކަމަށް ވަނީ މިނިސްޓަރު ޒެނީޝާ ވަނީ  ވިދާޅުވެފައެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އަމިއްލައަށް އުޅެވޭ ފަދަ ގޮަތަކަށް ސިޓީ ބައްޓަންކުރުމުމަކީ ޔުނިވާސަލް ޑިޒައިނެންގެ އެންމެ މުހިއްމު އެއް ބޭނުންކަމުގައި މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. އެހެން ކަމުން، ނުކުޅެދުނަތެރިކަން ހުންނަ ފަރާތްތަކަށް އެންމެ ފުރިހަމައަށް ބޭނުން ހިފޭގޮތައް ހުޅުމާލެ ތަރައްޤީ ކުރެވިގެން ދިޔުމަކީ އެ ފަރާތްތަކުގެ ހައްޤުގައި ކޮށްދެވޭ ވަރަށް ބޮޑު މަސައްކަތެއް ކަމެއްކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ. އަދި މިފަދަ ފަރާތްތަކުގެ ބައިވެރިވުން މުޖުތަމައުގައި އޮތުމަކީ މުޅި ޤައުމުގެ ތަރައްޤީ އަށް ލިބޭ ބޮޑު ކުރިއެރުމެއް ކަމުގައިވެސް މިނިސްޓަރުގެ ވާހަކަ ފުޅުގައި ވިދާޅުވި އެވެ.

މީގެ އިތުރުން، މިފޯރަމްގައި ނުކުޅެދުންތެރިކަން ހުރި ފަރާތްތަކުގެ ޙައްޤުތައް ކަށަވަރުކުރުމަށް އެކުލަވާލައިފައިވާ ޤާނޫނުތަކާއި ސިޔާސަތުތަކާއި ބެހޭ ޕްރަޒެންޓޭޝަނެއް ޖެންޑާ މިނިސްޓްރީގެ ފަރާތުން ވަނީ ހުށަހަޅާދީފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް