މިދިޔަ މަހު އަށެއްގައި ކައިވެނި ކުރީ ބޮލީވުޑްގެ ބަތަލާ ސޯނަމް ކަޕޫރަށް ދަރިއަކު ލިބެން އުޅޭނީކީ ނޫނެވެ. އެކަމަކު ސޯނަމް ދުރާލާ ވަރަށް ބޮޑު ނިންމުމެއް ފިރިމީހާ އަނަންދު އަހޫޖާ އާއި މަޝްވަރާކޮށް ނިންމައިފި އެވެ.
ސޯނަމް ކައިވެންޏަށް ފަހު އޭނާގެ ނަން ސޯނަމް ކަޕޫރު އަހޫޖާއަށް ބަދަލު ކުރުމުން ގިނަ ބަޔަކު އޭނާއަށް ފާޑުކިޔެ އެވެ. އެއީ ކައިވެންޏަށް ފަހު އާއިލީ ނަން ކަޕޫރުގެ ނަން ކަނޑާނުލައިގެންނެވެ. އެކަމަށް ރައްދުދިނުމުގެ ގޮތުން ސޯނަމް އެއްޗެއް ނުބުނަނީސް އަނަންދު ވަނީ އޭނާ ނަމުގެ ގޮތުގައި އަނަންދު އަހޫޖާ ކޭ ޖަހާފައި އެވެ.
އެހެންވެ ބެލެވިފަ އޮތީ ދެން މީހުންގެ ފާޑު ކިޔުން އެކަމަށް އަމާޒު ނުވާނެ ކަމަށެވެ.
އެކަމަކު ސޯނަމް އަދި އެވަރަކުން ދުލެއް ނުކުރި އެވެ. ސޯނަން މި ހަފްތާތެރޭ ނޫހަކަށް މައުލޫމާތުދެމުން ބުނެފައިވަނީ ދެމަފިރިންނަށް ދަރިއަކު ލިބުނަސް އެ ކުއްޖާގެ ނަމުގެ ފަހަތަށް ހަމައެކަނި އަހޫޖާ ކިޔަން ބޭނުން ނުވާ ކަމަށެވެ. އެހެންވެ ވަރަށް ދިގު ކޮށް ވާހަކަދެއްކުމަށް ފަހު ދެމީހުން ނިންމީ ދަރިއަކު ލިބުނަސް ދެ އާއިލާގެ ނަންވެސް ކުއްޖޭގެ ނަމުގެ ފަހަތަށް އިތުރު ކުރަން ކަމަށް ސޯނަމް ބުނެފައިވެ އެވެ.
މިއީ ބޮލީވުޑް ތަރިއަކު ދަރިއަކު ލިބުމުން އަލަށް ކުރާނެ ކަމެއް ކަމަށް ވެދާނެ އެވެ. އެކަމަކު ސޯނަމް ހެން ކަރީނާއަށް ކައިވެންޏަށް ފަހު މުހާތަބު ކުރަމުންދަނީ ކަރީނާ ކަޕޫރު ހާންގެ ނަމުންނެވެ. އެހެންވީ ސޯނަމް ކަޕޫރު އަހޫޖާ އޭނާގެ ނަމަށް ކިޔުމަކީ އާ ކަމެއް ނޫނެވެ.
އެކަމަކު އިންޑިއާގެ ނޫސްތަކުގައި ބުނެފައިވަނީ ކައިވެންޏަށް ފަހު ނަމުގެ ކަންތަކުގައި ސޯނަމް ގެންގުޅެމުންދަނީ މިޒަމާނުގެ ޅަކުދިން ގެންގުޅޭ ގޮތްގަނޑު ކަމަށެވެ.
މިވަގުތު މި ދެމަފިރިން ތިބީ އިނގިރޭސިވިލާތުގެ ލަންޑަންގައި ޗުއްޓީ ހޭދަކޮށްލާށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް