މޯލްޑިވިއަންގެ ފްލައިޓަކަށް މީހަކު އެރިފަހުން ޖާގަ ނެތްކަމަށް ބުނެ ބާލުވައިފި

ގައުމީ އެއާލައިން މޯލްޑިވިއަންގެ ފްލައިޓަކަށް ފުރަން މީހަކު އެރި ފަހުން ޖާގަ ނެތުމުން ފްލައިޓްއިން ފައިބަން ޖެހިއްޖެއެވެ. މިހާދިސާ ހިނގާފައިވަނީ މިއަދު ހެނދުނު 8:20 ގައި ކައްދޫ އިން މާލެއަށް އައި ފްލަ...

23 Jun 2018 | 04:27

ގައުމީ އެއާލައިން މޯލްޑިވިއަންގެ ފްލައިޓަކަށް ފުރަން މީހަކު އެރި ފަހުން ޖާގަ ނެތުމުން ފްލައިޓްއިން ފައިބަން ޖެހިއްޖެއެވެ.

މިހާދިސާ ހިނގާފައިވަނީ މިއަދު ހެނދުނު 8:20 ގައި ކައްދޫ އިން މާލެއަށް އައި ފްލައިޓުގައި އެވެ. އެ ފްލައިޓަކީ ތިމަރަފުށިން ކައްދުއަށް އަދި ކައްދޫއިން މާލެއަށް އޮތް ޓްރާންސިޓް ފްލައިޓެކެވެ.

މިހާދިސާ ދިމާވި މީހާ ދުވަހަށް މައުލޫމާތު ދެމުން ބުނީ ފްލައިޓަށް އަރާ އިށީންނަން ދިޔަ އިރު އޭނާގެ ސީޓުގައި އިނީ ކުޑަކުއްޖެއް ކަމަށެވެ. އަދި އެކަން ކެބިން ކްރޫއަށް ހުށަހެޅުމުން އިތުރު ބަޔަކަށް ގުޅައިގެންނާއި ޕައިލެޓާ ވާހަކަ ދެއްކުމަށް ފަހު  15 ވަރަކަށް މިނެޓު ފަހުން އެދުނީ އެ ފްލައިޓު ފުރިފައިވާތީ އެހެން ފްލައިޓަކަށް މަޑު ކުރުމަށް ކަމަށް އޭނާ ބުންޏެވެ. އަދި އެވަގުތު ހަރަކާތްތެރިވި މޯލްޑިވިއަންގެ މުވައްޒަފު ބުނެފައިވަނީ އެހެން ދިމާވީ ސިސްޓަމް މައްސަލައަކުންކަމަށެވެ. މިކަމާ ގުޅިގެން މޯލްޑިވިއަން އިން އަދި އިތުރު ތަފްސީލެއް ހިއްސާ ކޮށްފައެއް ނުވެއެވެ.

އޭނާ ބުނީ އެ ކުއްޖާގެ ބޯޑިން ޕާސްގައި އިނީ އޭނާއަށް ދިން ބޯޑިން ޕާސްގައި އިން ސީޓު ނަމްބަރުކަން ނޭނގޭ ކަމަށެވެ. އެކަމަކު މައްސަލަ ދިމާވުމުން ފްލައިޓުގައި ތިބި ހުރިހާ އެންމެންގެ ބޯޑިން ޕާސް ކެބިން ކްރޫއިން ބެލި ކަމަށެވެ.

މިހާދިސާ ދިމާވި ފަރާތަށް ވަނީ ކައްދޫގައި ހުންނަ ސިންފޮނީ ރެސްޓޯރަންޓުން ހިލޭ ކެއުމެއް ހަމަޖައްސައިދީފަ އެވެ. ފްލައިޓުން ފައިބަން ޖެހުމުން މޯލްޑިވިއަން އިން މާފަށް އެދި ހިދުމަތްތަށް ވަރަށް ރަނގަޅަށް ފޯރުކޮށްދީފައިވާކަމަށާއި އަވަސް ގޮތެއްގައި މާލެ ދެވޭނެ ގޮތް ހަމަޖައްސަ ދީފައިވާތީ މޯލްޑިވިއަން އަށް ޝުކުރު އަދާ ކުރާކަމަށް އޭނަ ވަނީ ބުނެފައެވެ.

އެމީހާ ބުނީ އޭނާ ޓިކެޓު ނެގީ ލ. ފޮނަދޫގައި ހުންނަ މޯލްޑިވިއަންގެ އެޖެންޓެއް މެދުވެރިކޮށް ކަމަށެވެ. އޭނާއަށް މޯލްޑިވިއަން އިން މިހާރު ވަނީ ހެނދުނު 10:30 ގައި ކައްދޫއިން މާލެއަށް އިން ފްލައިޓަކުން ޖާގަ ހަމަޖައްސައިދީފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް