އިންޑިއާގެ އެކަހެރި އަވަށެއްގައި ގޭންގަކުން ފަސް އަންހެނަކު ރޭޕް ކޮށްލައިފި އެވެ.
އިންޑިއާގެ ނޫސްތަކުގައި ބުނެފައިވާގޮތުގައި ކުންތީ ނަމަކަށް ކިޔާ އެ އަވަށުގައި ރޭޕް ކޮށްލާފައިވަނީ އިންސާނީ ހައްގުތަކަށް ވަކާލާތު ކުރުމުގައި އުޅުނު ފަސް އަންހެނެކެވެ.
ހުކުރު ދުވަހު ފުލުހުން ބުނެފައިވާގޮތުގައި އެ ފަސް މީހުން ރޭޕް ކޮށްފައިވަނީ ބަޑިން ބިރު ދައްކައިގެންނެވެ. އަދި ރޭޕް ކުރި މަންޒަރު ވީޑިއޯ ކުރުމަށްފަހު، ޕޮލިހަށް މައްސަލަ ހުށަހަޅައިފިނަމަ ވީޑިއޯ ލީކު ކޮށްލާނެ ކަމުގެ އިންޒާރުވެސް އެ ފަސް އަންހެނުންނަށް އެ ގޭންގުން ދީފައިވާކަމަށްވެސް ފުލުހުން ބުނެފައި ވެ އެވެ.
އިންޑިއާ އަކީ ރޭޕް ކުރުން އިންތިހާއަށް ގިނަ ގައުމެކެވެ. 2016 ވަނަ އަހަރު އެކަނިވެސް 39 ހާސް އަންހެނަކު ރޭޕް ކޮށްފައި ވެ އެވެ. އޭގެ ތެރޭގައި ގިނަ އަދަދަކަށް ކުޑަކުދިންވެސް ހިމެނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް