ގާހިރާގައި ވޯލްޑް ކަޕު މެޗު ބަލަން މީހަކު ދިޔަ ވަގުތު ބަޔަކު އޭނާގެ އަނބިދަރިން މަރާލައިފި

މިސްރުގެ ވެރިރަށް ގާހިރާގައި މީހަކު މީހަކު ވޯލްޑް ކަޕު މެޗެއް ބަލަން ކައިރި ކެފޭ އަކަށް ދިޔަ ވަގުތު ބަޔަކު އޭނާ ދިރިއުޅޭ އެޕާޓްމެންޓަށް ގޮސް އޭނާގެ އަނބިމީހާ އާއި އަންހެން ދެ ދަރިން މަރާލައިފި އެވެ. މ...

22 Jun 2018 | 22:19

މިސްރުގެ ވެރިރަށް ގާހިރާގައި މީހަކު މީހަކު ވޯލްޑް ކަޕު މެޗެއް ބަލަން ކައިރި ކެފޭ އަކަށް ދިޔަ ވަގުތު ބަޔަކު އޭނާ ދިރިއުޅޭ އެޕާޓްމެންޓަށް ގޮސް އޭނާގެ އަނބިމީހާ އާއި އަންހެން ދެ ދަރިން މަރާލައިފި އެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި އެ މީހާ ކެފޭއަށް ދިޔައީ ޖޫން 19ގައި ރަޝިޔާ އާއި މިސްރު ބައްދަލުކުރި މެޗު ބަލާށެވެ.

ފުލުހުން ބުނެފައިވާގޮތުގައި އެ ހާދިސާގައި މަރުވެފައިވަނީ އުމުރުން 38 އަހަރުގެ އަންހެނަކާއި 14 އަހަރުގެ އަންހެން ކުއްޖަކާއި 12 އަހަރުގެ އަންހެން ކުއްޖެކެވެ.

އެ ހާދިސާ ހިނގުމުގެ އިރުކޮޅެއް ކުރިން އެ އެޕާޓްމެންޓަށް އަންހެންކާއި ފިރިހެނަކު ވަންނަ މަންޒަރު އަދި އެ ހާދިސާ ހިނގިފަހުން އެ ދެމީހުން އެ އެޕާޓްމެންޓުން ނިކުމެގެން ދާ މަންޒަރު ފެންނަ ވީޑިއޯއެއް ލިބިފައިވާކަމުގައިވެސް ފުލުހުން ބުނެފައި ވެ އެވެ.

ފުލުހުން އިތުރަށް ބުނެފައިވާގޮތުގައި އެކަން ކުރި ބަޔަކު އެ ތިން މީހުން މަރާލުމަށްފަހު އެ އެޕާޓްމެންޓުން ގިނަ އަދަދެއްގެ ފައިސާވެސް ވަގަށް ގެންގޮސްފައި ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް