އެއާޕޯޓްގައި ތެޔޮ އުފުލާ ވެހިކަލަކާއި ޓެކްސީއެއް ޖެހި އެކްސިޑެންޓެއް ހިނގައިފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ތެޔޮ އުފުލާ ވެހިކަލަކާއި ޓެކްސީއެއް ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ. ފުލުހުން ބުނެފައިވާގޮތުގައި މިއަދު ހެނދުނު 1130 ހާއިރު މި އެކްސިޑެންޓް ހިނގާފައިވަނީ މޯލްޑިވްސ...

23 May 2019 | 13:40

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ތެޔޮ އުފުލާ ވެހިކަލަކާއި ޓެކްސީއެއް ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.

ފުލުހުން ބުނެފައިވާގޮތުގައި މިއަދު ހެނދުނު 1130 ހާއިރު މި އެކްސިޑެންޓް ހިނގާފައިވަނީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ތެޔޮ ވެހިކަލަކާއި ޓެކްސީއެއް ޖެހިގެންނެވެ.

މި އެކްސިޑެންޓްގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާކަމުގައި ފުލުހުން ބުނެއެވެ. ނަމަވެސް ޓެކްސީއަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަމަށާއި އަދި ޓެކްސީ އާއި އަނެއް ވެހިކަލް ދުއްވަންވެސް ތިބީ ލައިސަންސް އޮތް ދެމީހުން ކަމުގައިވެސް ފުލުހުން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް